
(ފޮޓޯ ކްރެޑީޓްސް: ޕީއެންސީ)
ދެ ދުވަހަށް ބާއްވާ މި ފޯރަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް، އައްޑޫ ސިޓީ، ހުޅުދޫ، އަދި މީދޫ ހިމެނޭ ގޮތަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ބާއްވާ ފޯރަމެކެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އައްޑޫ ސަރަހައްދު ތަރައްޤީ ކުރުމަށާއި، ތިން އަހަރުގެ ހާއްސަ އިނާޔަތްތަކެއް ވިޔަފާރިތަކަށް ދިނުމަށް ކަމަށެވެ. އަދި އައްޑޫ އައިޓީ ހަބަކަށް ހެއްދެވުމަށްވެސް ނިންމަވާފައިވާ ކަމަށާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑައިލޮގް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
ވިޔަފާރީގެ ދާއިރާގެ މައްސަލަތައް ހައްލުކުރުމަށް ކުރިން ވެސް މަސައްކަތް ކުރެވިފައިވީ ނަމަވެސް، ސަރަހައްދީ ފެންވަރެއްގައި ވަކިން ހާއްސަ ކޮށްގެން ހިންގިފައި ނުވާ ކަމަށާއި، ވިޔަފާރިވެރިންނަށް ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ ސީދާ ވާހަކަދެއްކޭނެ ފުރުސަތު ހޯދައިދިނުމަކީ ފޯރަމްގެ އެންމެ ބޮޑު އެއް މަޤްސަދު ކަމަށް ސިޔާޒު ވިދާޅުވިއެވެ. ހަމައެކަނި ފޯރަމެއް ބޭއްވުމުގެ ބަދަލުގައި، ފޯރަމުގައި ކުރެވޭ މަޝްވަރާތަކުގެ ނަތީޖާ ހިމެނޭ ކަރުދާހެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓަށް ހުށަހަޅާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. ފަތުރުވެރިކަން، އިމާރާތްކުރުން، މަސްވެރިކަން ފަދަ ދާއިރާތަކުގެ ފަރާތްތަކަށް ބައިވެރިވެވޭ މި ފޯރަމްގައި، ހޯމްލޭންޑް ސެކިއުރިޓީ، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، އަދި މާލީ ވުޒާރާ ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކެއް ބައިވެރިވާނެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
