
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި، އެމްއެންޑީއެފް ސަރވިސް ކޯރގެ “ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި ސްކޫލަކީ ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ މިފަދަ މަރުކަޒެވެ. “ދިވެހި ވަޠަނީ ޚިދުމަތް” މަޝްރޫޢުގެ ދަށުން މިހާރުވެސް 65 ދަރިވަރުން ތަމްރީނުވަމުންދާ މި ސްކޫލުގައި އޮޓޯމޮބައިލް، މެރިން އިންޖިނިއަރިންގ އަދި އިލެކްޓްރީޝަން ފަދަ ދާއިރާތަކުން ހަތަރު މަސްދުވަހުގެ ލެވެލް 3 ގެ ކޯސްތައް ކުރިއަށްގެންދެއެވެ. ފަންނީ ތަމްރީނުގެ އިތުރުން، ދަރިވަރުންގެ އަޚްލާޤާއި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ޚިދުމަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ މި ސްކޫލުގެ މުހިންމު މަޤްޞަދެކެވެ.
About Post Author
މާދަމާ ނިއުސް
“ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުޑަކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، އުމުރާ ގުޅޭ ތަރުބިއްޔަތު ދިނުމަކީ އެކުދިންނަށް ދެވޭނެ ހަޤީޤީ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ...
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް ހިމާޔަތްކުރުމަކީ ޤައުމީ މަސްއޫލިއްޔަތެއް!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އާއިލީ ހަމަޖެހުމާއި ކުދިންގެ ދުޅަހެޔޮކަމަށް އިސްކަންދީގެންނެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ އޮނިގަނޑެއް...
މައިންނަކީ ހިތްވަރު ގަދަކަމުގެ ލާމަސީލު ބައެއް، ޝުކުރު ހައްޤު!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި މަންމައިން ވަމުންދާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ...
“ސިފައިންނަށް ޙައްގު މިންވަރު ހޯދައިދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް، އެކަން ކާމިޔާބުކުރާނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ހައްގު މިންވަރު ހޯދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި، އެކަން ކާމިޔާބު ކުރައްވާނެ ކަމަށް...
“ރައީސްގެ އިރުޝާދާއި އެއްގޮތަށް ސިފައިންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރާނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ،...
“ރައީސް 2 އަހަރުން ކާމިޔާބުކުރެއްވީ ކުރީ ސަރުކާރުތަކަށް ނުކުރެވުނު ކަމެއް”
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ދެ އަހަރު ތެރޭގައި މި ސަރުކާރުން ހޯދާފައިވަނީ...
