
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ދެ އަހަރު ތެރޭގައި މި ސަރުކާރުން ހޯދާފައިވަނީ ކުރީގެ ސަރުކާރުތަކަށް ނުހޯދޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، “އޮޕަރޭޝަން ކުރަނގި” މެދުވެރިކޮށް ރާއްޖޭގައި ތިބި ސައްޙަ ވޯކްޕާމިޓް އޮތް ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ވަނީ ނަގައި ނިންމާފައެވެ. މިއީ މި ސަރުކާރު ހަވާލުވިއިރު އެންމެ 13 އިންސައްތައިގައި އޮތް ކަމަކަށްވާއިރު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދައި ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށްދާނެއެވެ. ވަޒީރު ވަނީ މި ބޮޑު ކުރިއެރުމަށްޓަކައި ރައީސަށް މަރުޙަބާ ދަންނަވައި، މިއީ ގައުމީ ސަލާމަތަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުޑަކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދީ، އުމުރާ ގުޅޭ ތަރުބިއްޔަތު ދިނުމަކީ އެކުދިންނަށް ދެވޭނެ ހަޤީޤީ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ...
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް ހިމާޔަތްކުރުމަކީ ޤައުމީ މަސްއޫލިއްޔަތެއް!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އާއިލީ ހަމަޖެހުމާއި ކުދިންގެ ދުޅަހެޔޮކަމަށް އިސްކަންދީގެންނެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ އޮނިގަނޑެއް...
މައިންނަކީ ހިތްވަރު ގަދަކަމުގެ ލާމަސީލު ބައެއް، ޝުކުރު ހައްޤު!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި މަންމައިން ވަމުންދާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ...
“ސިފައިންނަށް ޙައްގު މިންވަރު ހޯދައިދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް، އެކަން ކާމިޔާބުކުރާނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ހައްގު މިންވަރު ހޯދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި، އެކަން ކާމިޔާބު ކުރައްވާނެ ކަމަށް...
“ރައީސްގެ އިރުޝާދާއި އެއްގޮތަށް ސިފައިންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރާނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ،...
ސިފައިންގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި، އެމްއެންޑީއެފް ސަރވިސް ކޯރގެ "ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް...
