Read Time:2 Minute, 1 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ކާޑުގެ ތަފުސީލު އިމިގްރޭޝަނާ ހިއްސާނުކުރާނެ ކަމަށް އެ ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޭންކުން މިކަން ހާމަކުރީ، ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ފައިސާ ނަގާ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާ ގުޅިގެން ގެނައި ބަދަލާ ގުޅިގެންނެވެ. ބީއެމްއެލްއިން ވިދާޅުވީ، ކާޑު ސިސްޓަމާއި އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް އިންޓަގްރޭޓް ކުރެވުމުން، ބޭރުގައި ކުރާ މުއާމަލާތްތަކުގައި ހަމައެކަނި ބަލާނީ ކާޑުގެ ވެރިފަރާތް ހުރީ ރާއްޖޭން ބޭރުގައިތޯ އެކަނި ކަމަށެވެ. މީގެ ސަބަބުން އެއްވެސް އިދާރާއަކަށް އަނެއް އިދާރާއެއްގެ ޒާތީ މައުލޫމާތެއް ނުލިބޭނެއެވެ. އަދި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުން، ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ކާޑަށް ބަދަލުވާން ޖެހޭނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %