
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް އިޝްތިހާރުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާކުރެވިފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި މޯލްޑިވްސް-ލަންކާ އިންވެސްޓްމަންޓް ފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި، މި ފޯރަމްގައި ބައިވެރިވި 3000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 80 އިންސައްތައަކީ ބޭރުގެ އިންވެސްޓަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ހެދުމާއި، ރޭވުންތެރިކަމާއެކު އިންވެސްޓްމަންޓްތައް އިތުރުކުރުމެވެ. މީގެއިތުރުން، ލަންކާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ދެފަރާތަށް ފައިދާވާނެހެން ބަދަލުކޮށް، ދިވެހި ވިޔަފާރިވެރިންނަށްވެސް ލަންކާގައި ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ފޯރަމްގައި ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންވެސްޓަރުންނާ ވަނީ ހިއްސާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
