Read Time:2 Minute, 3 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

އެމްޓީސީސީން ދެމުންގެންދާ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ތައްޔާރުކުރި މޯބައިލް އެޕްލިކޭޝަން އަންނަ ހަފުތާގައި ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުން އެޕްރޫވްކޮށްފައިވާއިރު، މީގެ ސަބަބުން މިހާރު ދެމުންދާ ވެބް ބޭސްޑް ޚިދުމަތަށްވުރެ ފަސޭހަކަމާއެކު ސީދާ ބުކިން ހެދޭނެ މަގު ފަހިވެގެންދާނެއެވެ.

 

 

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފުރިހަމަ އަދި މައްސަލަ މަދު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ޚިދުމަތް ފެށީއްސުރެ މާލޭގެ ދަތުރުތައް %50 އިތުރުވެފައިވާއިރު، މިހާރުވެސް އެވްރެޖްކޮށް 8 މިނެޓެއްހާއިރު ތެރޭގައި ޓެކްސީ ލިބެއެވެ. އެޕްލިކޭޝަން ނެރެންދެންވެސް 1655 އަށް ގުޅައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކަނޑައެޅިފައިވާ އަގުތަކުގައި ޓެކްސީ ބުކް ކުރެވޭނެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %