
(ފޮޓޯ ކްރެޑިޓްސް: ދިފާއީ ވުޒާޜާ)
ދިފާޢީ ދައިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ. މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ދިފާޢީ ދައިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާއި މެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ މަޝްވަރާތަކުގައި އިސްކަން ދީފައިވަނީ، ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ސަރަހައްދު ހަމަޖެހުން ޤާއިމްކުރުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި ދިފާޢީ ވަޒީރު ހަސަން ރަޝީދުވަނީ، ވަނީ އޮސްޓްރޭލިއާއިން ރާއްޖޭގެ ދިފާޢީ ދައިރާ ހަރުދަނާ ކުރުމަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަކޮށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތާއި ގުޅޭ ކަންކަމަށް އިޖާބަދިނުމަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. މީގެ ތެރޭގައި ދިފާޢީ ދައިރާއިން ގިނަ އެހީތައް ފޯރުކޮށްދޭއިރު އެންމެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓަކީ އެގޮތުން ފާހަގަކޮށްލެވޭ ބޯޓެކެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ހޯއްދެވި ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
