
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި 800 އަށްވުރެ ގިނަ ފާމަސީ ހުރެ، އާސަންދައިގެ ދަށުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރުވެސް ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި އާސަންދަ ސްކީމްގެ 60 އިންސައްތަ ހޭދަކުރަނީ ފާމަސީތަކަށް ނަމަވެސް، ޒަރޫރީ ބޭސްތައް ފާމަސީތަކުން ލިބޭކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތެވެ.
މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބައެއް ބޭސްތައް ރާއްޖެއަށް އެތެރެނުކުރާ މައްސަލައާއި، ބޭސްތަކުގެ ބްރޭންޑްތައް އަވަސްއަވަހަށް ބަދަލުވުމާއި، ބޭހުގެ އަގުތައް އިންތިހާއަށް ބޮޑުކޮށް ވިއްކާ މައްސަލަ ޒީނިޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ބައެއް ފާމަސީތަކުން 500 އާއި 600 އިންސައްތަ ބޮޑު އަގުގައި ބޭސް ވިއްކަމުންދާ ކަމަށާއި، ބޭހުގެ ހޯލްސޭލް އަގު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ފަށާފައިވާ ބަލްކް ޕްރޮކިއުމަންޓްގެ މަސައްކަތުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރެއްވޭ ކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ރީޓެއިލް ސައިޓްތަކުން ޑޮލަރު ކާޑުން ވިޔަފާރިކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ރާއްޖޭގައި 800 އަށްވުރެ ގިނަ ފާމަސީ ހުރެ، އާސަންދައިގެ ދަށުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރުވެސް ރައްޔިތުންނަށް ބޭސް...
ލަންކާއިން އަދާކުރެއްވި މެހެމާންދާރީއަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން ދެންނެވި...
ޝަކުވާތަކަށް ބަލައި ޙައްޖުވެރިން ތިބޭ ހޮޓަލަށް ގިނަ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ޙައްޖުގެ އަޅުކަމަށްދާ ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލާއި މިނާގެ އިންތިޒާމުތަކަށް...
“ވިސާގެ ދަތިތަކަށް ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ ވިސާގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދީފައިވާ...
ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ އޮތީ ހުޅުވާލެވިފައި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި، ވާދަވެރި އިޤްތިޞާދެއް ބިނާކުރުމަށް...
ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ހަފްލާއެއްގައި ފަސްޓްލޭޑީ!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކޮލަމްބޯގެ މޭޔަރު އިންތިޒާމުކުރެއްވި ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ހާއްސަ ހަފްލާއެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ....
