
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމުން އިންޑިއާ ކަނޑުގެ އިޤްތިޞާދީ ނަފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސްރީލަންކާގެ ރަސްމީ ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ އިންޑިއާ ކަނޑަކީ ދެ ޤައުމުގެ ތާރީޚާއި ސަޤާފަތް ގުޅުވައިދޭ މުހިންމު ފާލަމެއް ކަމަށާއި، ކަނޑުގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ދެ ޤައުމުގެ އެއްބައިވަންތަކަން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
ރާއްޖެއާއި ލަންކާއަކީ އާއިލާއެއް ފަދަ ގާތް އަވަށްޓެރި ދެ ޤައުމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ލަންކާއިން ވެދީފައިވާ ބޮޑެތި އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައްޔާއި، ޑިޖިޓަލް ކުރިއެރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
ޔޫއޭއީ އަށް ހަމަލާއެއް ނުދެން: އީރާނު
ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ. ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ޓޭންކަރަކަށް ދެ...
އެމެރިކާ އިން ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅޭނަމަ ރައްދު ދޭނެ: އީރާން
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހޮރްމޫޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)...
ތެޔޮ ފީފާއެއްގެ އަގު 115 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެއެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 3.81 ޑޮލަރުގެ...
