
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކޮލަންބޯގެ “ގުޑް މާކެޓް” އޮފީހަށާއި އެތަނުން އިންތިޒާމުކުރި އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތަކުގެ މައުރަޒަކަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ތަފާތު ބާވަތްތައް ބައްލަވާލައްވައި، ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާޢީ މަންފާ ލިބޭނެހެން ވިޔަފާރިތައް ކުރިއެރުވުމާ ބެހޭގޮތުން އެކަމަނާ މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ސަޤާފީ އަދި އިޖުތިމާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
ޔޫއޭއީ އަށް ހަމަލާއެއް ނުދެން: އީރާނު
ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ. ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ޓޭންކަރަކަށް ދެ...
އެމެރިކާ އިން ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅޭނަމަ ރައްދު ދޭނެ: އީރާން
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހޮރްމޫޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)...
ތެޔޮ ފީފާއެއްގެ އަގު 115 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެއެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 3.81 ޑޮލަރުގެ...
