Read Time:2 Minute, 0 Second

(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)

 

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި 7 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާތައް ބަދަލުކުރެވުނީ ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

 

 

މިގޮތުން ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، އަރުޝީފުކުރުން، ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުން، ޓީޗަރުން ތަމްރީނުކުރުން، ދިފާޢީ ދާއިރާ، ދިފާޢީ ތަޢުލީމާއި ދިރާސާ، އަދި މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކުރުން ހިމެނެއެވެ. މި ފަހުމުނާމާތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ފަހުމުނާމާތައް ބަދަލުކުރެއްވުމަށްފަހު، ދެ ޤައުމުގެ ރައީސުން ދެއްވި ގުޅިފައިވާ ބަޔާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %