
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ “ލޭބާ ފޯސް ރިޕޯޓު 2024-2025” އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3 އިންސައްތަ ނުވަތަ 44,015 މީހުން މަސައްކަތްކުރަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައެވެ. މާލޭގެ މަސައްކަތު އާބާދީގައި 188,062 މީހުން ތިބިއިރު، އޭގެ ތެރެއިން 68 އިންސައްތައަކީ ދިވެހިންނެވެ. ވަޒީފާގެ ބާޒާރުގެ ބޮޑުބައި ހިއްސާކުރަނީ ވިޔަފާރި އާއި ދަތުރުފަތުރު ހިމެނޭ ޓާޝިއަރީ ދާއިރާއިން ކަމަށްވާއިރު، ބިދޭސީންގެ 88.6 އިންސައްތަ މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިތަކުގައެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި ވަޒީފާ ނެތް މީހުންގެ ރޭޓަކީ 2.3 އިންސައްތައެވެ. ނަމަވެސް ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން ފިރިހެނުންގެ 87.7 އިންސައްތަ ވަޒީފާގައި އުޅޭއިރު، އަންހެނުންގެ ތެރެއިން ވަޒީފާގައި އުޅެނީ 54 އިންސައްތައެވެ. މަސައްކަތުގެ ބާޒާރުން ބޭރުގައި ތިބި އަންހެނުންގެ ތެރެއިން ގިނައީ ގޭތެރޭގެ މަސައްކަތް ކުރާ މީހުން ކަމަށާއި، ފިރިހެނުންގެ ތެރެއިން ގިނައީ ކިޔަވާ ކުދިންކަން ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
އެމްޓީސީސީގެ ޑީއެމްޑީއަކަށް މުބީން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ އެމްޑީ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު...
