Read Time:2 Minute, 9 Second

(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް)

 

 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ބޭއްވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ. ނޫސްވެރިކަމަކީ ދައުލަތުގެ “ހަތަރުވަނަ ބާރު” ކަން ފާހަގަކުރައްވައި، އިސްލާމީ އަޚުލާޤީ މިންގަނޑުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ.

 

 

މީގެ އިތުރުން، މީޑިއާތައް ކުރިއެރުވުމަށް ނޫސްވެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް މަރުޙަބާ ކިޔާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ނޫސްވެރިންނަށް ދޭ ހަމަލާތައް ކުށްވެރިކުރައްވައި، ދޮގު މަޢުލޫމާތު ފެތުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތައް ބޭނުންކުރާ ދަނޑިވަޅެއްގައި ނޫސްވެރިން ސަމާލުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %