
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި ދުވަހަކީ، ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ ނޫސްވެރިކަމުގެ މުހިންމުކަން ހާމަކޮށްދޭ ދުވަހެކެވެ. ނޫސްވެރިންނަކީ ވެރިކަން ބަދަލުކުރުމާއި ރައްޔިތުންގެ ވިސްނުން ބަދަލުކުރުމުގެ ބާރު ލިބިފައިވާ ބަޔަކަށްވާތީ، އެ ބާރުގެ ބޭނުން ހިފަންވާނީ ވަރަށް ޒިންމާދާރުކަމާއެކުގައެވެ. މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރާފައިވީ ނަމަވެސް، ރައްޔިތުން އެންމެ ބޮޑަށް އިތުބާރު ކުރަނީ ނޫސްވެރިން ފޯރުކޮށްދޭ މަޢުލޫމާތަށެވެ. އެހެންކަމުން، ދޮގު މަޢުލޫމާތު ފެތުރުމާއި ނަފުރަތު އުފެއްދުމުން ދުރުހެލިވެ، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ބޮޑު ޒިންމާއެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރިހަމަ ހިމާޔަތް ދީފައިވަނީ ޑިމޮކްރަސީއެއްގައި ނޫސްވެރިންގެ ދައުރު މުހިންމުވުމުންނެވެ.
އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމަކަށްވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ އިސްލާމީ އުޞޫލުތަކާއި އިޖުތިމާޢީ މިންގަނޑުތަކުގެ ތެރޭގައެވެ. މިއަދު ރާއްޖޭގައި ނޫސްވެރިންނަށް ކަންކަން ރިޕޯޓްކުރުމާއި ސަރުކާރަށް ފާޑުކިޔުމުގެ ފުރިހަމަ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
