
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުމުގެ ތެރެއިން ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށައިފިއެވެ. ފުވައްމުލައް ސިޓީގައި ވޯޓުލުމުގެ މަސައްކަތް ޖުމްލަ 6 މަރުކަޒެއްގައި ކުރިއަށްދެއެވެ. މި ހުރިހާ މަރުކަޒެއްގައި ވޯޓުލުމުގެ ކަންކަން ބަރާބަރު ގަޑިއަށް ވަނީ ފެށިފައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ފުވައްމުލަކުގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތައް
1. މުހައްމަދު ޖަމާލުއްދީން ސްކޫލް (3 ވޯޓިން ސްޓޭޝަން)
2. ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު
3. ފުވައްމުލައް ސިޓީ އަތޮޅު ތައުލީމީ މަރުކަޒު
4. ހާފިޘް އަހުމަދު ސްކޫލު
5. ޒިކުރާ މާލެގަން މަރުކަޒު
6. ފުވައްމުލައް ސްކޫލު (2 ވޯޓިން ސްޓޭޝަން)
މިއަދު ކުރިއަށްދާ ވޯޓުތަކުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަސް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން، ޤާނޫނު އަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ތަސްދީޤުކުރުމަށް ފެނޭތޯ ބެލުމަށް އާންމު ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. ފުވައްމުލައް ކައުންސިލަށް 8 މެންބަރުން މިއަދު ހޮވާއިރު، ކައުންސިލުގެ މޭޔަރ މުޅި ސިޓީގެ ރައްޔިތުން ވޯޓު ދީގެން ހޮވާނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށްވެސް 8 މެންބަރުން ކޮންމެ އިދާރީ ދައިރާއަކުން ހޮވާއިރު ކޮމެޓީގެ ރައީސް ވަކިން ހޮވާނެއެވެ.
ފުވައްމުލައް ސިޓީގައި ވޯޓު ދިނުމުގެ ހައްޤު ލިބި ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވަނީ 6444 މީހުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
