
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އައްޑޫސިޓީގެ ވޯޓުލާ ހުރިހާ މަރުކަޒެއްގައި ކަނޑައެޅިފައިވާ ވަގުތަށް ވަނީ ވޯޓުލާން ފަށައިފިއެވެ. އައްޑޫ ސިޓީގައި މުޅި ޖުމްލަ 23 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އައްޑޫ ސިޓީގައި އެންމެ ގިނަ ވޯޓުފޮށި ބަހައްޓާފައިވަނީ ހިތަދޫގައެވެ. ހިތަދޫގައި ޖުމްލަ 13 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ހިތަދޫގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ 12 ވޯޓު ފޮށްޓާއި، ހިތަދޫގައި ތިބި އެހެނިހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓެވެ. ހިތަދޫގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 8786 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެހެނިހެން ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން 568 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.
ހިތަދޫގެ ވޯޓުފޮށިތައް ބަހައްޓާފައިވާ ސަރަޙައްދުތަކަކީ:
– އައްޑޫސިޓީ ހިތަދޫ ސްކޫލްގައި 5 ވޯޓުފޮށި
– އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލް 4 ވޯޓުފޮށި
– އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލް 2 ވޯޓުފޮށި
– އައްޑޫސިޓީ، އައްޑޫ ހައި ސްކޫލްގައި 2 ވޯޓު ފޮށި
މަރަދޫގެ ދެ ސްކޫލެއްގައި 3 ވޯޓުފޮށި ބަހައްޓާފައިވޭ
– އައްޑޫ ސިޓީ، މަރަދޫ ސްކޫލް 2 ވޯޓު ފޮށި
– އައްޑޫ ސިޓީ، އިރުޝާދިއްޔާ ސްކޫލް، އެއްވޯޓުފޮށި
މަރަދޫއިން ޖުމްލަ 1968 މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. މީގެއިތުރުން މަރަދޫ ފޭދޫގައިވެސް އެރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކައި ދެ ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މަރަދޫ ފޭދޫގެ ދެފޮށި ވެސް ބަހައްޓާފައި ވަނީ އައިޔޫއެމް ކެންޕަހުގައެވެ. މަރަދޫ ފޭދޫއިން 954 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. ފޭދޫގައި ޖުމްލަ 5 ވޯޓުފޮށި ބަހައްޓފައިވޭ. އައްޑޫ ސިޓީގައި ދެވަނައަށް އެންމެ ގިނަ ވޯޓުފޮށި ފަހައްޓާﷲައިވަނީވެސް ފޭދުގައެވެ. ފޭދުގެ ހުރިހާ ވޯޓުފޮށްޓެއްވެސް ބަހައްޓާފައިވަނީ ފޭދޫ ސްކޫލްގައެވެ. ވޯޓުލުމަށްޓަކައި ފޭދޫގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 2917 މީހުން ރަޖިސްޓްރީ ވެފައިވެއެވެ.
މިއަދު މި ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވޯޓުލުމަށްޓަކައި ބޭނުންކުރެވޭނީ ދިވެހި ރައްޔިތެއްކަން އަންގައިވޭ ކާޑު، ދިވެހި ޕާސްޕޯޓު، ޑްރައިވިން ލައިސަންސް ކާޑު، ޕާސްޕޯޓް ކާޑު ހިމެނޭހެން މި ހަތަރު ލިޔުމެވެ. އަދި މި ލިޔުން ތަކަކީ މުއްދަތުހަމަނުވާ ފޮޓޯޖެހި އައިޑީކާޑޫ ނަމްބަރާއި، ނަން އަދި މަޢޫލޫމާތު ސާފުކޮށް ރަނގަޅަށް ކިޔަން އެނގޭ ލިޔުމަކަށްވެސް ވާންވާނެއެވެ. މިއިން އެއްވެސް ލިޔުމެއްގެ ޑިޖިޓަލް ފޮޓޯއެއް ނުވަތަ ޕްރިންޓެއްވެސް ވޯޓުލުމަށް ބޭނުމެއް ނުކުރެވެނެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
