
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށާއި، ހިޔާ ފްލެޓާއި އެފްޑީސީ ފްލެޓުތަކަކީ އަޅާކިޔޭނެ ތަންތަން ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. ހަމްދާން ވިދާޅުވި ގޮތުގައި ފަހި ފްލެޓުތަކުގެ ކުލި މިހާރު ވެސް ކަނޑައަޅާފައި ވަނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން، ފައިދާއެއް ނުލިބޭ ގޮތަށެވެ. އަދި ކުއްޔަށް ބަދަލެއް ގެނެވޭނީ ފިނޭންސް މިނިސްޓްރީގެ ނިންމުމަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހިޔާ ފްލެޓާ އަޅާކިޔަމުންދާ ދިއުމަށް ރައްދު ދެއްވަމުން ހަމްދާން ވިދާޅުވީ، ހިޔާ ފްލެޓުތައް ހަވާލުކުރީ ފިނިޝިން މަސައްކަތް ނުނިންމާ ނަމަވެސް، ފަހި ފްލެޓުތައް ހަވާލުކުރަނީ ތަށިމުށި ޖަހައި، ފަންކާ އާއި ބޮކި ހަރުކޮށް، ވަގުތުން ދިރިއުޅެވޭ ފެންވަރަށް ނިންމުމަށްފަހު ކަމަށެވެ. ފަހި ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް އެދި “ފަހި ޔޫނިއަން” އިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
