
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ގާއިމްކުރި 6 ބްރާންޗާއި ޑޮލަރު އޭޓީއެމްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ. އަލަށް ހުޅުވި ބްރާންޗްތަކުގެ ތެރޭގައި ހަނިމާދޫ، ކުޅުދުއްފުށި، ތޮއްޑޫ، ވިލުފުށި، ހިތަދޫ އަދި ހުޅުދޫ ހިމެނޭއިރު، މީގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވީ ވިޔަފާރިތަކަށް ޚާއްސަ ބިޒްނަސް ސެންޓަރެކެވެ. ބޭންކުގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތްތަކާއެކުވެސް ކަސްޓަމަރުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުން މެދުވެރިކޮށް ގޭގެއަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 70 ޑޮލަރު އޭޓީއެމްއާއި 20 ރުފިޔާ އޭޓީއެމް ވަނީ އިފްތިތާޙްކޮށްފައެވެ. ސަރުކާރުގެ “މުޅި ރާއްޖޭގައި އޭޓީއެމް” މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމުމުން، އަސާސީ ބޭންކިންގ ޚިދުމަތް ހުރިހާ ރަށަކަށް މިހާރު ލިބިގެންދާނެއެވެ. މިއާއެކު 2023 ވަނަ އަހަރު 73 ރަށެއްގައި ހުރި އޭޓީއެމްގެ އަދަދު މިހާރު ވަނީ 187 ރަށަކަށް އިތުރުވެ، ޖުމްލަ 340 އޭޓީއެމްއަށް ފުޅާވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
