
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައިކުރުމަށް ނިންމުމާ ގުޅިގެން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތާރީޚީ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. މި ނިންމުމާއެކު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މާކެޓް ކެޕިޓަލައިޒޭޝަން 33 ބިލިޔަނުން 62 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ބީއެމްއެލް ވަނީ ރާއްޖޭގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށް ވެފައެވެ.
މި ބަދަލުގެ ސަބަބުން ހިއްސާގެ މާކެޓު އަގު އަތްފޯރާ ފަށަށް ތިރިވެ، ލިކުއިޑިޓީ އިތުރުވުމުން އައު އިންވެސްޓަރުންނަށާއި ޒުވާނުންނަށް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފުޅާވެފައެވެ. މިއީ ދިގު މުއްދަތަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށް ސްޓޮކް އެކްސްޗޭންޖުން ފާހަގަކުރެއެވެ. އަދި ބީއެމްއެލްގެ މި ނިންމުމަކީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް، ކެޕިޓަލް ރީސްޓްރަކްޗަރިން މެދުވެރިކޮށް މާކެޓު ހަރަކާތްތެރިކުރެވިދާނެ ގޮތުގެ ރަނގަޅު މިސާލެކެވެ. މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްޤީކޮށް، އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
