
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ)
ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙަކީ ޤާނޫނީގޮތުން ޞައްޙަ އިޞްލާޙެކެވެ. މި އިޞްލާޙު ގެނައުމަށްޓަކައި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަންޖެހޭއިރު، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރާއި އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ އިޖުރާއަތްތައް ހުރީ ޤާނޫނާ އެއްގޮތަށެވެ.
މިގޮތުން، ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ތާރީޚާއި، އެކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ޢާންމުކުރުމާއި، ކެމްޕޭން ކުރުމަށް ދީފައިވާ މުއްދަތުތަކަކީ “ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު” އާއި “އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު” އާ އެއްގޮތްވާގޮތުގެ މަތިން ހަމަޖައްސާފައިވާ ކަންކަމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ވޯޓު ނެގުމަށް ކަނޑައެޅި ތާރީޚާއި ވޯޓުލާ ދުވަހާ ދެމެދު ޤާނޫނުގައި ލާޒިމުކުރާ 45 ދުވަހުގެ މުއްދަތުވެސް ހަމަވެއެވެ. ޖުމްލަކޮށް ބަލާއިރު، މި އިޞްލާޙު ގެނައުމުގައި ޣައިރު ދުސްތޫރީ ނުވަތަ ޣައިރު ޤާނޫނީ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ. މިއީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ރައްޔިތުންގެ ބަހާއެކު ގެނެވޭ ނިޒާމީ ބަދަލެކެވެ. އެހެންކަމުން، މި ބަދަލު ގެނައުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ ވޯޓުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
