
ރައްޔިތުންގެ މަޖިލީހަކީ ގަނެވިއްކާ ބާޒަރަކަށްވެއްޖެނަމަ ހާސިލްކުރުން އުޅޭ ތަރައްގީގެ ހާސިލް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ މާއްދާތަކަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަަށް މިއަދު ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. މިއަދު ލިބިފައިވާ ފުރުސަތަކީ ވަރަށް މުހިންމު ތިން ކަމެއްގައި ލިބިފައިވާ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
” ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުގެ ބަޔާންކޮށްފައިވާ އޮތުމަށް އެއްވެސް ކަހަލަ ބަދަލެއް އަންނަ ކަމަށްވަނަމަ އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކުރެވޭ ކަމެއް ކަމަށް ބަދަލުކުރުން. މިއީ ގައުމިއްޔަތާއި އިގްތިސޯދާއި ލެޔާއި ގުޅިފައިވާ ކަމެއް.” ނާޒިމް ވިދާޅުވިއެވެ.
އަނެއް އިސްލަހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާއި ގުޅޭ އިސްލާހު ކަމަށް ވިދާޅުވިއެވެ. އެކަމުގެ ފަސް ފަހަތަށް ބަލާއިރު އެންޓި ޑިފެކްޝަން ގާނޫނުގެ ގޮތުގައި ވޭދުވެދިޔަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކީ އެ ގާނޫނަށް ގާނޫނު އަސާސީގެ ބެލެނިވެރިކަން ލިބިދީފައިވާ ގާނޫނެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ގާނޫނަކީ އެއްވެސް ދަތެއް ނެތް ސިންގާއެއްގެ ގޮތުގައި ސިފަކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ގާނޫނު އަސާސީގައި މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތު ބަޔާންކޮށްފައިވާއިރު އޭގެން ހާލަތަކަށް ބައްދަލު ނުވާ ގޮތަށް ގާނޫނު އޮތް ކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ ގާނޫނުގައި ގާނޫނު އަސާސީގެ ހިޔާވަހިކަން ލިބިދީފައި ނެތް ކަމަށެވެ.
“އަޅުގަނޑުމެން ޖެހޭ ގައުމު މިހާރަށްވުރެ ރަނގަޅު ހިސާބަކަށް ގެންދާ ކަމަށްވާނަމަ މަޖިލިސް ތެރޭގައި އިތުބާރާއި ޔަގީންކަން ގާއިމްކުރުން. މަޖިލީހަކީ ގަނެވިއްކާ ބާޒާރެއް ކަމަށްވާނަމަ ހާސިލްކުރަން އުޅޭ ތަރައްގީއެއް ހާސިލް ނުކުރެވޭނެ،”. ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވެފައިވަނީ ވަކި ރައީސް އަކަށް ތާއީދުކޮށް އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވުމަށް ފަހުގައި ތިބެން ޖެހޭނީ އެ ޕާޓީގައި ކަމަށެވެ. އެންމެ މެންބަރެއްގެ ސަބަބުން މަޖިލީހުގައި ވޯޓެއް އެނބުރިގެން ދިޔަ މަންޒަރު މާޒީން ފެނިފައިވާ ކަމަށް ފާހަގަކުރެއްވެވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
