
ފޮޓޯ ކްރެޑިޓްސް: ވަގުތު
ފެނާ ނަރުދަމާގެ ޚިދުމަތުން ފެނަކައަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
ފެނަކައަކީ ރާއްޖޭގެ 157 ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށް ވާހިދު ހަަަމައެކަނި ފެނާއި ނަރުދަމާގެ ޚިދުމަތައް އެކަނި ބެލިކަމުގައި ވިޔަސް އެކުންފުނިން އަންނަނީ މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ 98 ރަށަކަށް އެ ހިދުމަތް ފޯރުކޮށް ދެމުންނެވެ. އަދި ހަމަ އެއާއެކު މިވީ އަހަރެއްހާ ދުވަސް ތެރޭގައި އެކުންފުނިން ވަނީ ޚިދުމަތްތައް ފުޅާކޮށް ރަށްޔިތުންނަށް އެދެވޭ ހިދުމަތެއް ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ފޯރުކޮށްދެމުން އަންނަ ފެނުގެ ޚިދުމަތަށް ބަލާލާއިރު، މި ވޭތުވެދިޔަ އެއްއަހަރު ތެރޭގައި މުޅިޔަކު 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލެއްގެ މައްޗައް 564 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އާރް.އޯ ޕްލާންޓް ވަނީ ގާއިމްކުރެވިފައެވެ.
އަދި ހަމަ އެއާއިއެކު މިވޭތުވެދިޔަ އެއްއަހަރު ތެރޭގައި ރައްރަށުގައި ޤާއިމް ކޮށްފަވާ އައު ހައުސިންގ ޔުނިޓު ތަކަށް ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ހދ.ނޮޅިވަރަންފަރު، ބ.ތުޅާދޫ އަދި ތ.ތިމަރަފުށީ ގައި މި މަސައްކަތް މިވަގުތު ވެސް ކުރިއަށް ދާއިރުގަ މި މަސައްކަތް މިއަހަރުގެ ނޮވެންބަރ މަސްތެރޭގައިނިންމާލެވޭނެކަމަށް ވެސް އެކުންފުނިން ހާމަ ކުރެއެވެ.
އެކުންފުނިން ދެމުން ގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ދިނުމަށާއި އަދި ޚިދުމަތް ފުޅާކުރުމުގެގޮތުން ފާއިތުވި އެއްއަހަރު ތެރޭގައި އިތުރު 21ރަށެއްގައި ފެނުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ އަދި ހަމަ އެއާއެކު 4 ރަށެއްގައި ނަރުދަމާ ވަނީ އަލައް ޤާއިމްކޮށްފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހަންމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދަތިތަކާއި ގޮންޖެހުންތަކާއި އެކުގައި ވެސް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުގެ އަމާޒަކީ އެކުންފުންޏަކީ މުސްތަގްބަލުގައި ފައިދާވާ ރައްޔިތުންނައް އެދެވޭ ޚިދުމަތެއް ފޯރުކޮށްދެވޭ ކުންފުންޏަކަށް ވެގެން ދިއުމެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
