
ފޮޓޯ ކްރެޑިޓްސް: ވަގުތު
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމަށް ބުނެ، ވެރިކަން ކުރާ ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ފާއިތުވި ތިން އަހަރު ދައުލަތުގެ ހަރަދުތައް އެވްރެޖްކޮށް %15 އިތުރުވަމުން ދިޔަ ނަމަވެސް މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ އެންމެ %2.5 ކަމަށެވެ. ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓު ކުޑަކުރެވިފައިވާކަމާއި ޖުމްލަ ބަޖެޓު ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވި %3.6 އިން ދަށް ކުރެވިފައި ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެއެވެ.
ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގި މަޝްރޫއުތަކުގެ ހަރަދުތައް ރިކޯޑް ނުކޮށް މި އަހަރުގެ ހަރަދުތަކުގެ ތެރޭގައި ހިމެނުމުން ކުރިމަތިވި މައްސަލަތައް ހައްލު ކުރުމަށް ފަހު މިހާރު ކޮންމެ ހަފްތާއަކު ހަރަދާއި އާމްދަނީގެ ތަފްސީލްތައް އާންމުކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރައީސް އޮފީހަށް ހުށަހެޅި އާރުޓީއައިތަކުގެ ތެރެއިން ހުރިހާ އާރުޓީއައިތަކަށް ޖަވާބުދިން އިރު، މިނިސްޓްރީތަކުގެ އާރުޓީއައިތަކަށް ވެސް ޖަވާބު ދެމުން އަންނަ ކަމަށް އެ ބަޔާނުގައިވެއެވެ. މިދިޔަ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބުދީފައެއް ނެތް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ފާއިތުވި އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، 700 އަށްވުރެ ގިނަ ފަހަރު މިނިސްޓަރުން އެކިއެކި މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިންވަނީ ހާމަކުރައްވައިފައެވެ. އެ މުއްދަތުގައި އެއްވެސް މީޑިއާއަކާމެދު ފިޔަވަޅު އަޅައި ދަތިކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ޕީއެންސީން ބުނި ގޮތުގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނެހެން އާންމުކުރަން ފެށީ މި ސަރުކާރުންނެވެ. މި އަހަރުގެ މާޗުން ފެށިގެން ކެބިނެޓުގެ ކޮންމެ ނިންމުމެއް އަދާހަމަކޮށް ޝާއިއުކުރަމުން އަންނަ ކަމަށް ޕީއެންސީން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
