
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ނެއްލައިދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެރަށު ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންފައެވެ.
މިއީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ރައީސް މުހަންމަދު އަލީފް ވިދާޅުވީ މިމަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާކުރާކަމަށެވެ. ހދ. ނެއްލައިދޫއަކީ ރަށުގެ ނިސްބަތުން ގިނަ އަދަދެއްގެ ރައްޔިތަކު ރަށުގައި ދިރިއުޅޭ ރަށެއްކަމުން މިފަދަ މަރުކަޒެއް ރަށަށް ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަރުކަޒު ނިންމާ ބޭނުންކުރަންފެށުމުން ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތުގައި ބޭނުންކުރެވޭނެކަމަށް އަލީފް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއިވެސް އެތަން ގުޅިލާމެހިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ. ސަބަބަކީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ކަސްރަތުގެ ހަރަކާތްތައް ހިންގޭނެކަމަށާ، މިއީ ހުރިހާ އުމުރެއްގެ ބަޔަކަށް ބޭނުންކުރެވޭނެ ގޮތަކަށް ބިނާކުރެވިގެންދާ ތަނެއްކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
“މިރަށުގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު. އެހެންކަމުން ޒުވާނުންނަށް ވަކިން މި މަރުކަޒުގެ ބޭނުން ހިފޭނެ. އެކުދިންގެ ހުސްވަގުތުތައް ބޭނުންތެރި ވަގުތުތަކަކަށް މި މަރުކަޒުގެ ސަބަބުން ވެގެންދާނެ. އޭގެ އިތުރުންވެސް މިއީ ހަމަ ހުރިހާ އުމުރުފުރާއަކަށް ޚާއްސަ ތަނެއް. ކަސްރަތު ޕްރޮގްރާމުތައްވެސް މިތަނުގައި ކުރިއަށްދާނެ” އަލީފް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ކުޅިވަރުގެ ދާއިރާއިން އެރަށަށް އުފާވެރިކަމުގެ ގިނަ ޚަބަރުތަކެއް ދެއްވާފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން އެރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދެއްވާނެކަމަށާ، އެރަށުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު، ފައްޓަވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
