
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުލަބު ލައިސަންސިން އައު މެނޭޖަރަކަށް އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ނާހިލް އަޙްމަދު ސިއްދީގު ހަމަޖައްސައިފިއެވެ. ނާހިލް އަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގައި ގައުމީ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ކުޑަދުވަސްކޮޅަށް ފުރާފައިވާ ބޭފުޅެކެވެ. އޭނާ މި ވަގުތު ހުރީ ކުލަބު ލައިސަންސްއާ ބެހޭ ޚާއްސަ ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާގައެވެ. އެފްއޭއެމްގެ ރައީސް ކަމަށް ކުރީގެ ގައުމީ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) ވަޑައިގަތުމާއެކު، އެ އިދާރާ ހަރުދަނާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން އައު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވާފައިވަނީ ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރައްވައި، ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަޙްމަދު ޒަރީރެވެ. އޭނާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ހިންގެވުމުގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ ހިންގުމާއި ކޮރަޕްޝަން ބޮޑުވެ، އުފެދުނު އަރައިރުންތަކާހުރެ ފުޓްބޯޅަ މެދުކެނޑިފައި އޮންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިކަން ބަދަލުކުރަން ނިންމައި އައު ފުޓްބޯޅަ ސީޒަން ފަށަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ މެދުތެރޭގައެވެ. މީގެ އިތުރުން ޠާރިޤު ވަނީ މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރައްވަން ނިންމަވައި، އަތޮޅު މުބާރާތް އަލުން ބާއްވަން ނިންމަވައި، ދިވެހި ޕްރިމިއަރ ލީގުން އަތޮޅުތެރޭގެ ޓީމުތަކަށް އަލުން ޖާގަ ތަނަވަސްކޮށްދެއްވަން ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
