
(ފޮޓޯ ކްރެޑިޓްސްް: މާޒިޔާ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު އިރުފާން (އިރޭ) ވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ހަންނަ މާޒިޔާއަށް ކުޅެން ފެށީ 2023 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ކުރިން ކުޅުނީ އީގަލްސް އަށެވެ. އިރުފާން އަކީ ވެލެންސިއާއިން މާޒިޔާއަށް ބަދަލުވެ އެ ކުލަބުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިންވެސް ނިއު ރޭޑިއަންޓަށް ކުޅުމާ ގާތަށް ގޮސްފައިވާއިރު، މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. އަދި އެއްބަސްވުން އައުކުރަން މާޒިޔާއިން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: މާޒިޔާ)
މި ދެ ކުޅުންތެރިން ނިއު ރޭޑިއަންޓުގެ ޖާޒީ ލާނެކަނެ ކަމަށް ބެލެވެން ފެށިއިރު، މާޒިޔާއަށް ކުޅުނު ގައުމީ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވަނީ ރޭ ނިއު ރޭޑިއަންޓަށް ކުޅެން ސޮއިކޮށްފައެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރަން ނިންމުމުން އެ ޖާގަ ހޯދާނެ ކަމަށް ބެލެވިފައިވާ ނިއު ރޭޑިއަންޓުން މޮޅު ކުޅުންތެރިން ހޯދަން ފެށީ ހަތަރު އަހަރު ދެވަނަ ޑިވިޝަނުގައި އޮތުމަށްފަހު އެވެ. އަންނަ މަހު ފަށާ ސީޒަނުގައި އެ ކުލަބުން ފެންނާނެ ކަމަށް ބެލެވިފައިވާ އަނެއް ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެ ކުލަބާ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ލެޖެންޑް އަލީ ސުޒެއިންއެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރީ ރާއްޖޭގެ ގައުމީ ކޯޗަކުގެ މަގާމުގައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
