
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ކަމަށް ބެލެވޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ސޮއިކޮށްފިއެވެ. އެންމެ ފަހުން ނިމުނު ސީޒަނުގައި މާޒިޔާއަށް ކުޅެ، މި އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައިވެސް މާޒިޔާއަށް ކުޅުނު ސެންޓޭ ނިއު ރޭޑިއަންޓަށް ބަދަލުވީ، މާޒިޔާއިން އޭނާގެ އެއްބަސްވުން އައުކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. މިއީ ސެންޓޭ ނިއު ރޭޑިއަންޓަށް ކުޅެން ސޮއިކުރި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ބ. އަތޮޅު އޭދަފުއްޓަށް ނިސްބަތްވާ ސެންޓޭ އަކީ އޭވައިއެލްއިން ފާހަގަވެ، ފަހުން ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސްގައިވެސް މޮޅަށް ކުޅުނު ފޯވާޑެކެވެ.
އޭނާގެ އިތުރުން ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓުން ފެންނާނެ އެންމެ މަޝްހޫރު ފޯވާޑަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ނިއު ރޭޑިއަންޓަށް ސެންޓޭ ސޮއިކުރިކަން އެ ކުލަބުން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، ޗެއާމަން އަޙްމަދު މުބީން ވަނީ އެކަން ނުރަސްމީކޮށް އިއުލާންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
