
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފިއެވެ. އެފްއޭއެމްއިން މީޑިއާއާ ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ 2025/2025 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރެވެން ނެތް ކަމަށް މި މަހުގެ 23 ވަނަ ދުވަހު ސަސްއިން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކުލަބުގެ ބޯޑުގެ ނިންމުމުގައިވާ ގޮތުން އެ ނިންމުމަކީ ކުލަބުގެ މާލީ ހާލަތު ހުރިގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެފްއޭއެމްގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކުލަބާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ސަސް އެންމެ ފުރަތަމަ ތިންވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދައި އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ކޮލިފައިވެފައެވެ. އަދި އޭގެ ޖެހިގެން އައި 2019 ވަނަ އަހަރު ސަސް ވަނީ ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ފުރަތަމަ ޑިވިޝަނުން ސަސް ވަކިވުމާއެކު، އެ ޖާގަ ހޯދުމަށް ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި 10 ޓީމު އޮންނާނެ ކަމަށް އެފްއޭއެމްއިން ފާސްކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބާއި ރަނަރަޕް ވިކްޓަރީ ސްޕޯޓްސް ކުލަބު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
