
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހަނިމާދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހަނިމާދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. އަރިހުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސްވަނީ ބައިވެރިވެފައެވެ.
ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނިމާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލު ނިމޭއިރު، ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވާނެކަމަށާއި، އޭގެ ކުރިންވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ. ރަށުގައި ތިބިގެން ނުވަތަ އަތޮޅުން ބޭސް ފަރުވާގެ އެންމެހާ ކަންކަން ކުރެވުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
