
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނިމަދޫއަކީ މުޅިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައެއް ހިއްސާކުރާ ރަށެއްކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި ހަނިމާދޫ މުހިންމު ދައުރެއް އަދާކުރާކަމަށާއި، އެހެންކަމުން އެކި އެކި މަޝްރޫޢުތައް ރާވަނީ އެ ވިސްނުމުގެ ދަށުންކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކާއި، ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ އެކި ކަންކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ރައީސް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރި ހަނިމާދޫ ސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ، ހަނިމާދޫގައި ކިޔަވާ އަދި އެރަށަށް ބަދަލުކުރާ ހިރިމަރަދޫ ކުދިންނަށްވެސް ޖާގަ ލިބޭނެގޮތަށް ކަމަށް ވިދާޅުފައެވެ. އެއީ 8 ކްލާސްރޫމާއި ސްޓާފްރޫމާއި، ލެބްތަކާއި އެނޫންވެސް ވަސީލަތްތައް ޤާއިމްވާނެގޮތަށް ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށާއި، އެ މަޝްރޫޢު ހިންގަވާނީ އެރަށަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށްވެސް ތަޢުލީމު ފަހިވާނެގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިޔާ އޭރުން ކުރިއަށް އޮތް ގިނަ އަހަރުތަކަށް މައްސަލަތައް ހައްލުވެގެންދާނެ. ހަމައެއާއެކު އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކުރީގެ އިމާރާތް، އަލަށް އެމްއެންޑީއެފަށް އިމާރާތްކުރެވޭ އިމާރާތާއެކު، ދާއިމީކޮށް ރީ ލޮކޭޓްވެގެންދާނެ. މިއާއެކު މިހާރު އެމްއެންޑީއެފަށް ދީފައިވާ ބައު އިމާރާތް ހުސްކުރެވި، އެތަން އެއީ ތައުލީމީގޮތުން ބޭނުންކުރެވޭ، މާނައަކީ މަތީ ތަޢުލީމަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެކަމުގެ ޔަޤީންކަން އަރުވަން”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން ހަނިމާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލް ނިމޭއިރު ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވާނެކަމަށާއި، އޭގެ ކުރިންވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ހަނިމާދޫގައި ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ވޮލީ ކޯޓެއްވެސް ތަރައްޤީކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހަނިމާދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެރަށުގައި 500 ހައުސިން އެޅުމަކީ ރިޔާސީ ވަޢުދެއްކަމަށާއި، އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ފަށްޓަވާނެކަމަށެވެ. “ދެބަޔަކަށް އެ މަޝްރޫޢު ކުރިއަށް ގެންދާނީ. އެގޮތުން އެއްބަޔަކީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް. އަނެއް ބަޔަކީ ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު. ތިބޭފުޅުންގެ ވަރަށް ގިނަ ގޯތީގައި ގެދޮރު ނޭޅި އެބަހުރި. އެހެންވީމަ 3 ކޮޓަރީގެ އެޕާޓްމަންޓެއް އެ ގޯތިތަކުގައި އަޅައިދޭނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ހަނިމާދޫ ރައްޔިތުންނަށް އަޅައިދޭ 500 ހައުސިން ޔުނިޓާއި، ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްރޫޢާއި، ކޯޓުގެ ހުކުމަކާގުޅިގެން ހުއްޓިފައިވާ މަޝްރޫޢާއެކު ތިން މަޝްރޫޢު ހަނިމާދޫގައި ހިނގާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއީ ހަނިމާދޫގެ ރައްޔިތުންނާއި، އެރަށަށް ހިޖުރަކުރާ ފަރާތްތަކަށްވެސް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު އުމްރާނީ ވަސީލަތްވެސް ހަނިމާދޫގައި ޤާއިމްކުރަންޖެހޭނެކަމަށް ރައީސް ވިދާޅުވއެވެ. މިހާތަނަށް ތާރު އަޅައިގެން ބައެއް މަގު ހަނިމާދޫގައި ހެދިފައިވާއިރު، އެއަށްވުރެވެސް އިތުރަށް މަގު ހަދަންޖެހޭތީ، އަންނަ އަހަރާއި އޭގެ އަނެއް އަހަރަށް ބަހާލައިގެން މަގު ހެދުން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 17 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ދެއަހަރަށް ބަހާލައިގެން ކުރިއަށް ގެންގޮސް 2027 ވަނަ އަހަރުގެތެރޭގައި މުޅި މަޝްރޫޢު ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫގެ ތަރައްޤީ ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް، އުންމީދުތައް ހާސިލްވާނެގޮތަށްކަމަށެވެ. މިވަގުތުވެސް ހއ. ހަތިފުށި ހދ. ހޮނޑައިދޫ އަދި ފަރިދޫގެ ރައްޔިތުން ހަނިމާދޫއަށް ހިޖުރަކޮށްގެން އަންނަނީ އެރަށުގައި ދިރިއުޅެމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
