
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފިނޭ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ހދ.އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފިނޭ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ފިނޭ ކައުންސިލްގެ ރައީސް ވަޑައިގެންނެވިއެވެ.
ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައިވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
