
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ފިނޭ ސްކޫލް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް އެރަށުގެ ރައްޔިތުން އެދޭތީ، އެމަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، އެރަށަށް ވަޑައިގެންނެވީ ފިނޭގެ ތަރައްޤީއާއި ކުރިއެރުމަށް ރައްޔިތުންނާ މަޝްވަރާކުރައްވައި، އެކަމުގެ ޕްލޭން ރައްޔިތުންނާ ހިއްސާކުރެއްވުމަށްކަމަށެވެ. ފިނޭގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރަށަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ. އެމަސައްކަތް އެމްޓީސީސީން މިހާރު ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް އެ މަސައްކަތަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަންކަން ބަލައި، މި މަޝްރޫޢު ކުރިއަށްދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައި، މުހިންމު ބަދަލުތައް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބޭރު ތޮށީގައި އުޅަނދުތައް އެޅޭގޮތަށް ބަދަލު ގެނައުމާއި، ނެރަށް ގެންނަންޖެހޭ ބައެއް ބަދަލުތައްފަދަ ކަންކަން ހުރުމާއެކު އެކަންކަން ހިމެނޭހެން ރަށުގެ ބަނދަރު ރައްޔިތުން އެދޭގޮތަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީއާއި ކޮންޓްރެކްޓަރުގެ ފަރާތުން ރައްޔިތުންގެ އުންމީދުގައި ކުލަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފިނޭގެ މަގު ހެދުމަކީވެސް އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް އާރުޑީސީން ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ފިނޭފަދަ ބޮޑު ރަށެއްގައި ރައްކާތެރި މަގުތަކެއް ހުރުމަކީ މުހިންމުކަމެއްކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފަށައި ނިންމަވައިދެއްވާނެކަމށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ކުރައްވާނެކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުން ފުރިހަމަ އަދި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ފިނޭގައި ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައުޓްޑޯ ޖިމާއި، ވޮލީ ކޯޓެއް ތަރައްޤީކޮށް ވަރަށް އަވަހަށް ނިމޭނެކަން ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ފިނޭގެ ރައްޔިތުން ސްކޫލް ރިލޮކޭޓް ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް އެދޭތީ، އަންނަ އަހަރު އެކަމަށް ފައިސާ ހިމަނުއްވައި، ކްލާސްރޫމާއި ވަސީލަތް ޤާއިމްކުރުމަށް ޕްލޭން ކުރައްވާނެކަމަށެވެ. ފިނޭގެ މިހާރުގެ ސްކޫލަށް ޖާގަ އިތުރުކުރުމަށް އިތުރު ޖާގަ ނެތުމުން، މަލްޓިޕާޕަސް ހޯލް ތަރައްޤީކޮށްފައިވަނީ ސްކޫލާ ވަކިން އެހެން ބިމެއްގައެވެ. އެހެންކަމުން ރައްޔިތުން ވަނީ ސްކޫލް ޖާގަ އޮތްތަނަކަށް ބަދަލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. މީގެއިތުރުންވެސް ގިނަ މަޝްރޫޢުތަކެއް ފިނޭގައި ހިންގަވާނެކަމަށާއި، އޭގެތެރޭގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި، ކުޑަކުދިންގެ ޕާކާއި، ކަރަންޓު އަޕްގްރޭޑްކޮށް، އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުންވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
