
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ހިރިމަރަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކުރުމާއި ގުޅިގެން މިހާރު ރަށުގައި ދިރިއުޅޭނީ ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުންނެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ ޢުމުރުގެ އާބާދީ ވަނީ އިތުރުފައެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައްދިނުމަށްކަމަށެވެ. ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލެއްގެ ގޮތުން ފައިސާގެ ޢަދަދެއްވެސް ދޭގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ހިރިމަރަދޫ ކައުންސިލް)
“އެހެންވީމަ އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން، ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން.” ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ. މިސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރަތަމަ މަސައްކަތް ފަށަނީ ހިރިމަރަދޫންކަމަށާއި، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރިން އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުތަކާއި މިކަން ކުރިގޮތާ ޚިލާފަށް ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދާނީ ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށްކަމަށްވާ ހިރިމަރަދޫގައި ސަރުކާރުން ބޭނުންކުރާ އިޤްތިޞާދީ މަންފާއިން އެ ރައްޔިތުންނަށް ފައިދާވާނެގޮތަށްކަމަށެވެ.
ސަރުކާރުން މިގޮތަށް ކުރިއަށް ގެންދާނަމަ، ކުދި އާބާދީ ދިރިއުޅޭ ރައްޔިތުންވެސް ބޮޑެތި ރަށްރަަށަށް ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރަށް އެނެމް އާބާދީ ކުދި ރަށްރަށުގެ ރައްޔިތުންނާއި އާބާދީ ބޮޑު ރަށުގެ ރައްޔިތުންނާވެސް ހަމަހަމަކަމަށާއި، ނަމަވެސް އެފަދަ ބޮޑު ރަށަކަށް ބަދަލުވާން އެދޭނަމަ، އެކަންވާނީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް މުސްތަޤްބަލު އުޖާލާ ކަމަކަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އާބާދި ކުދި ރަށްރަށުގެ ރައްޔިތުން ހިޖުރަކުރަން ބޭނުންވާނަމަ އެކަމަށް އެދުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ދޫކޮށްލާ ރަށުން އިޤްތިޞާދީ މަންފާ އެ ރައްޔިތުންނަށް ފައިދާވާނެގޮތަށް ކުރިއަށް ގެންދިއުމަށް ސިޔާސަތު އެކަށާއަލާފައިވާކަމަށާއި، ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށްކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްގެންދަން ޖެހޭނެކަމެއްކަމަށާއި، ދިރިއުޅޭ ފަސްގަނޑު ދޫކޮށްލުމަކީ ކުޑަކަމެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ކުރިއަށްދާނީ ހިރިމަރަދޫގެ ރައްޔިތުންނާ އެކުކަމަށާއި، ހަނިމާދޫއަށް ރައްޔިތުން ބަދަލުވުމާއި ހަމައަށްވެސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ހިރިމަރަދޫގައި ޤާއިމްކޮށްދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
