
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ ފްރޭމްވަރކް އެކުލަވާލުމުގެ އެއްބަސްވުން އެކުލަވާލަފައިވަނީ ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ ކަންކަންވެސް ފްރޭމްވަރކްގައި ހިމެނޭނެއެވެ. ހދ. ހިރިމަރަދޫގައި އާބާދީ ކުޑަވުމުގެ ސަބަބުން ރަށަށް އެކަށީގެންވާ ތަރައްޤީ ނުލިބެއެވެ. ރަށުގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ ރައްޔިތުންގެ ތަރައްޤީއާއި ހިތްހަމަޖެހުމަށް ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ ކުދިބޮޑު އެންމެން އެކަމާ ކަންބޮޑުވެއެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. ރަށުގެ އެކި ކަންކަމުގައި ބިދޭސީންނަށް ބަރޯސާވާންޖެހޭ ހާލަތަށް ރަށުގެ ކަންކަން ވަނީ ގޮސްފައެވެ. މިއީ ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ. ރަށުގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ރަށުގެ އާބާދީ ބަދަލުކޮށްދިނުމަށެވެ. މީގެ ސަބަބުން އެކި ގޮތްގޮތުން ރަށުގެ ރައްޔިތުންނަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ހިރިމަރަދޫގެ ރައްޔިތުން ދެކެއެވެ.
ހިރިމަރަދޫގެ ހުރިހާ ރައްޔިތުން އެއްބަސްވެ، މިދިޔަ އަހަރު ވަނީ އެ ރަށުގެ ރައްޔިތުން ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފައެވެ. ރައްޔިތުންގެ ހުށަހެޅުން ބަލައިގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކޮށްދިނުމަށް ނިންމަވާފައެވެ. އެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރައްވަމުން ދާއިރު، ވީހާވެސް އަވަހަށް މަގުޗާޓު އެކުލަވާލައި އަމަލީ މަސައްކަތް ފެށޭނެކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
