
އުކުޅަހުގެ ލޭންޑު ޔޫސް ޕްލޭން އިޞްލާހުކޮށް 250 ގޯތިދީ، 50 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުކުޅަހުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަޢުދުވެފައިވާކަމަށާއި، އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ވަޢުދުތައް ފުއްދި އަދި އަނެއްބައި ވަޢުދުގެ މަސައްކަތް ފެށިގެން ގޮސްފައިވާކަމަށެވެ. އެގޮތުން އެއްކަމަކަށް ރައީސް ފާހަގަކުރެއްވީ އުކުޅަހުގައި ބީއެމްއެލް ބްރާންޗެއް ޤާއިމްކުރުމާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެއްޓެވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އުކުޅަހުގައި ދޯނި އެހެލާނެ ސަރަހައްދު ތަރައްްޤީކުރުމަށާއި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އިތުރުން ސްކޫލުގެ އައު އިމާރާތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވީ ދޯނި އެހެލާތަން ތަރައްޤީކުރާނީ ދޯނި އެހެލުމުގެ އިތުރުން ވިޔަފާރި އުސޫލުން ބޭނުންކުރުމަށްވެސް މަގުފަހިވާނެގޮތަށް ކަމަށެވެ. އަދި އުކުޅަހު ސްކޫލަށްވެސް ވަސީލަތްތައް ފުރިހަމަކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައްވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ސްކޫލަށް ޖާގަ އިތުރުކުރުމުގެ އިމާރާތާއެކު މިރަށުގެ ތައުލީމީ ކަންކަމަށް، ސްކޫލް ދަރިވަރުންނާ ޓިޗަރުންނާ ބެލެނިވެރިންނަށް ވަރަށް ފަސޭހަވާނެ. ސްޕޯޓްސް ކޮމްޕްލެކްސްވާނީ ކުޅިވަރުކުޅޭ ހުރިހާ ފަރާތްކަށް ވަރަށް ބޮޑު ލުޔެއް ލިބޭތަނަކަށް. މި އިމާރާތަކީ އެތެރޭގައި އިންޑޯ ވަރަށް ގިނަ ކުޅިވަރު ކުޅޭވޭނެގޮތަށާއި، ޗޭންޖިން ރޫމާއި ކުޅިބަލަން ތިބެވޭނެގޮތަށް ތަރައްްޤީކުރެވޭ ތަނެއް.” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިހާރު ފެށިފައިވާ އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށެއްގެ ބިން ހިއްކާނީ ބިން ހުސްވެ ބޭނުންވާ ކަންކަން ކުރުމަށްކަމަށާއި، އޭގެތެރޭގައި ގޯތި ދިނުމާއި އިޤްތިޞާދީ ބޭނުންތައް ހިމެނޭކަމަށެވެ. މިގޮތުން އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ބިންހިއްކުން މިހާރު ނިމުމަކާއި ހަމައަށްގޮސްފައި ވީނަމަވެސް މިހާރު ކައުންސިލުން، ސަރުކާރަށް ފޮނުވާފައިވާ ލޭންޑް ޔޫސް ޕްލޭން އޮތްގޮތުން ބިމުގެ އެންމެ ބޮޑު ޖާގައެއް އޮތީ ގޯތި ދިނުމަށް ނޫންކަމަށެވެ. “މިރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތި ގެދޮރުގެ މައްސަލަ އްލުކުރުމަށް. ސަރުކާރުން ލޭންޑު ޔޫސް ޕްލޭން ފާސްކުރާއިރު ގޯތި ދޭގޮތަށް ބަދަލުކޮށް 250 ގޯތި ދެވޭގޮތަށް އިސްލާހުކޮށް އަޅުގަނޑުމެން ފާސްކުރާނީ. އަދި އެ 250 ގޯތި ދިނުމުގެ ހުއްދަ މިއަންނަ ހަފްތާގައި ދޭނަން. އަޅުގަނޑު އުންމީދުކުރަން ކައުންސިލުން ގޯތި ބޭނުންވާ ފަރާތްކަށް ހުޅުވާލާނެކަމަށް.”
މީގެ އިތުރުން އުކުޅަހުގައި 50 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަަމަށާއި، އެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.މިއާއެކު ގޯތި ގެދޮރުގެ މައްސަލައަށް ޙައްލުތަކެއް އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ހައުސިން ޔުނިޓްތައްވެސް ސަރުކާރުން ކުރިއަށް އޮތްތަނުގައި އަޅައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އުކުޅަހަށް ދީފައިވާ ގަލިގިލި ފަޅުގައި އެ ރަށު ކައުންސިލުން ހުށައަޅާ އަދި ޤާނޫނުން ހުއްދަ ކުރާ ކޮންމެ ކަމެއް ކުރުމަށް ހުއްދަ ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އުކުޅަހުގެ ސިއްހީ ދާއިރާއާއި ކުޅިވަރާއި އެނޫންވެސް ދާއިރާތަކުންވެސް ތަރައްޤީގެ މުހިންމު މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
