
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އުކުޅަހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އުކުޅަހު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ. މީގެއިތުރުން، އުކުޅަހު ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އުކުޅަހުގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުނ،ް 5200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުނ،ް ބިންގަނޑާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއ،ި ޓައިލްސް ޖެހުމާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއ،ި ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ފުލުހުންގެ މަރުކަޒް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަކީ މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައިވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
