
ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ “މަންހަޓަން ގްރޭންޑް ހޮޓެލް” ހުޅުމާލޭގައި ތަރައްޤީކޮށް އެތަނުގެ ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ. އަދި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ފަހިއަސް ޕަންގަތްއެވެ. “މަންހަޓަން ގްރޭންޑް ހޮޓެލް” ތަރައްޤީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގައެވެ. އެ އިމާރާތަކީ 17 އަހަރުދުވަހުވެސް ބޭނުން ނުކުރެވި ހުރި އިމާރާތެކެވެ. ފާއިތުވި އެއްވެސް ވެރިކަމެއްގައި ބޭނުންނުކޮށް ހަލާކުވާން 17 އަހަރުވަންދެން ދޫކޮށްލެވިފައިވާ 34 މިލިޔަން ޑޮލަރުގެ ޢިމާރާތް ބޭނުންކުރެއްވުމުގެ ވިސްނުންފުޅު ރައީސް މުޙައްމަދު މުޢިއްޒު ގެންނަވާ އެ ތަނުގައި މީޑިޔާ ވިލެޖާއ،ި މެޑިކަލް ކޮލެޖާއ،ި ތަރިކަ ކޮލެޖުފަދަ ތަންތަން ބިނާކޮށް ދެއްވާނެ ކަމުގެ ވަޢުދުވެ ވަޑައިގެން އެ މަސައްކަތް ފެއްޓެވިއެވެ.
އެގޮތުން 2007ވަނަ އަހަރު އެއިރު އޮތް ސަރުކާރުން ލޭންޑްމާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމެވ،ި ނިންމެވުމާ އެއްގޮތަށް އެފަދަ ހޮޓަލަކާއެކު މީޑިޔާވިލެޖާއި މެޑިކަލް ކޮލެޖާއި ތަރިކަ ކޮލެޖު އަދި ޔޫތު ސެންޓަރެއް ހެއްދެވުމަށްޓަކައި އެކަމުގެ ވާހަކަތައް ދުބާއީގެ ޑީޕް ސީ ކޮމްޕެނީ އާއެކު ރާއްޖޭގައި ގާއިމްކުރެވިފައިވާ ފޮރިންގ އިންވެސްޓްމަންޓް ކުންފުނި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެކު ވާހަކަ ދައްކާ މި ވިޜަން ލޭންޑް މާރކް ހޮޓާ ހެދުމުގެ އެއްބަސްވުމުގައި މިވަނީ ސޮއިކޮށްފައެވެ.
ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، “މަންހަޓަން ގްރޭންޑު”ގެ ނަމުގައި މި ހޮޓާ އަލުން ތަރައްޤީކުރާއިރު މިތަނުގެ 3.5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ މުހިންމު 4 ވަޢުދު ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިޔާ ވިލެޖާއި މެޑިކަލް ކޮލެޖާއި ތަރިކަ ކޮލެޖު މިތަނުގައި ގާއިމްކުރާއިރު 5 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވިފައިވާ ތަންތަން ނިންމާ ސަރުކާރާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
“މަންހަޓަން ގްރޭންޑް” ހޮޓަލްގައި 158 ކޮޓަރިއާއި ބެންކުއެޓް ހޯލަކާއި މަލްޓި ޕާރޕަސް ހޯލަކާއި ކޮންފަރެންސް ހޯލްތަކާއި ސްވިމިންގ ޕޫލާއި ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތް ގާއިމް ކުރެވިފައިވާ 5 ތަރީގެ ހޮޓަލަކަށެވެ. ޖުމްލަ 12 މަސް ދުވަހުގެ ތެރޭގައި ހޮޓާ ފުރިހަމަކޮށް ޚިދުމަތަށް ގެންނަނަށް އަމާޒު ހިފާފައިވާއިރު މި ހޮޓާ ވާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ އައު ޓާރމިނަލާ ގުޅާލެވޭ ބޭނުންތެރި މުހިންމުސިޓީ ހޮޓަލަކަށެވެ. އެގޮތުން މިހޮޓެލް ހުޅުވާއިރު 12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާއެކު ތަނުގެ އަގުގެ ގޮތުގައި 11 މިލިޔަން ޑޮލަރު އެޗްޑީސީއަށް ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިޔަން ރުފިޔާ އެޗްޑީސީއަށް ލިބޭއިރު ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިޔަން ޑޮލަރު ލިބިގެންދާނެކަމަށް އަންދާޒާކުރެވެއެވެ.
ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރުގެ ދަށުން 7 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ގާއިމްކުރެވޭ ޒުވާނުންގެ މަރުކަޒާއ،ި މީޑިޔާ ވިލެޖާއ،ި މެޑިކަލް ކޮލެޖާއ،ި ތަރިކަ ކޮލެޖުގެ ކަރަންޓާއި ފެނާއި މެއިންޓަނަންސް ޚަރަދު ދާއިމީ ގޮތެއްގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބަލަހައްޓާ ދިނުމަށް އެ ކުންފުނިން ނިންމާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
