
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯވގެ ރެކޯޑް ބިންދާލާފައިވާ “ވަން ޕީސް” ސީރީޒްގެ ތަރި ޓެޒް ސްކައިލަރ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. “ވަން ޕީސް”ގެ ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލަރ، އޭނާގެ އެމްބެސެޑަރޝިޕްގެ ތެރޭގައި ދިވެހިރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އަދި ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ނެޓްފްލިކްސްގެ “ވަން ޕީސް” ވަނީ މި ސްޓްރީމިންގ ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދާފައެވެ. މި ސީރީޒް ނެރުމާއެކު، 84 ޤައުމެއްގައި އެންމެ ގިނައިން ބަލާ ޝޯއަށް ވެގެން ދިޔައެވެ. މިއީ ކުރިން “ވެޑްނެސްޑޭ” އަދި “ސްޓްރޭންޖަރ ތިންގްސް”އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ. މި ސީރީޒް އަކީ މިހާތަނަށް އެންމެ ރަނގަޅު ލައިވް-އެކްޝަން އެނިމޭ އެޑަޕްޓޭޝަންތަކުގެ ތެރެއިން އެއް އެޑަޕްޓޭޝަންކަމަށް ފާޑުކިޔުންތެރިންނާއި ފޭނުންގެ ތަޢުރީފު ލިބިފައިވެއެވެ. އިންސްޓަގްރާމްގައި 1.8 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. މިފަދަ ނުފޫޒެއް އޮތުމުން، ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މިމަހުގެ 27ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހާއި ހަމައަށް ސްކައިލަރ ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އޭނާގެ މި ދަތުރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ބައިނަލްއަގްވާމީ އޯޑިއަންސްތަކުގެ ތަފާތު ގިންތިތަކަކަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މަޝްހޫރު ޝަހްސިއްޔަތުތަކުގެ މާކެޓިން ނުފޫޒާއެކު، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ އިންފްލުއެންސަރުން އެންމެ ގިނައިން ވާހަކަދައްކާ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަށް ހެދުމާއި، މަންޒިލަށް އާ ދޮރުތައް ހުޅުވުމާއި، އެފަރާތްތަކުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، ދިވެހި ސަގާފީ ތަޖުރިބާތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދިނުމަކީވެސް މި ޕްރޮގްރާމުގެ އެއް ބޭނުމެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
