
ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތަކާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލް އިންތިޚާބުކުރުމަށް ވޯޓުލާކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އއ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ޤާނޫނަށް އިސްލާޙްތަކެއް ހުށަހަޅުއްވާނެކަމަށެވެ. އަދި އެއީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެންނަ އިސްލާޙްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންކަމުން ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު އަތޮޅު ކައުންސިލް އިންތިޚާބުކުރުމަށް ވޯޓުލާކަށް ނުޖެހޭނެކަމަށެވެ.
“ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙްކުރާނަން. އިސްލާޙް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެކަމަށެވެ. އެއާއެކު ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މަސައްކަތް ކުރާނީ ސީދާ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެންކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ދެން ހުޅުވޭއިރު އަތޮޅު ކައުންސިލް އުވާލުމަށް ޤަނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާޙް ހުށަހަޅުއްވާނެކަމަށެވެ. އަދި ކައުންސިލްތައް ކުޑަކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ އަދަދު މަދުކުރުމަށް ހުށަހަޅާ އިސްލާހުވެސް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިސްލާޙް ހުށަހަޅާނީ 2000 މީހުންނަށް ވުރެ ކުޑަ އާބާދީތަކުގެ ރަށްތަކުގައި 3 މެމްބަރުންގެ ކައުންސިލެއް ބޭއްވުމަށާއި 2000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް 5 މެމްބަރުންގެ ކައުންސިލެއް ބޭއްވުމަށްކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީވެސް އެ އުސޫލުން ބަދަލުކުރުމަށް އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސިޓީ ކައުންސިލްތަކަށް ބޮޑު ބަދަލެއް ނާންނާނެކަަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަންނާނެ ބަދަލަކީ ކޮމިޓީގެ ރައީސް ރައްޔިތުން ވޯޓުދީގެން ހޮވާ ފުލްޓައިމް މުވައްޒަފަކަށް ބަދަލުވެގެން އަންނަ ބަދަލުކަމަށް ރައީސް ވިދާޅުވިއެވެ.
“މިކަހަލަ މުހިއްމު އިސްލާޙްތަކެއް އަޅުގަނޑުމެން މި ހުށަހަޅަނީ. މީގެ ބޭނުމަކީ ރާއްޖޭގައި މިހާރު މި އޮތް ބަރުހެލި ނިޒާމަށް އިސްލާޙްތަކެއް ގެންނަނީ. ރައްޔިތުންނާ ބޭނުންވާ ގޮތަށް ނިޒާމ ބައްޓަންކުރަނީ. ރައްޔިތުންނަށް ފައިދާވާނެގޮތަށް “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަޖިލިސް ދެން ހުޅުވޭއިރު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގެންނަންޖެހޭ އިސްލާޙުވެސް ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށްވުމުން އިސްލާޙް ފާސްވުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
