
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޮންމެ އަތޮޅަކުން އެއް ރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކަމުގެ ދިރާސާ މަސައްކަތްކަމަށާއި، އަމަލީގޮތުން އެމަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަތިވެރިއަށްވި އެންމެ މުހިންމު ވަޢުދަކީ ބިން ހިއްކުމާއެކު އެއަރޕޯޓެއް ތަރައްޤީކުރުންކަމަށާއި، އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ އެކުންފުނިން އިންވެސްޓްކޮށް އޮޕަރޭޓްކުރުމަށްކަމަށެވެ. އެއީ އެއަރޕޯޓު އެޅުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތުގެ އިތުރުން ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް 26.5 ހެކްޓަރުގެ ބިން ހިއްކޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އެއަރޕޯޓަކީ ފުރިހަމައަށް ދެކޮޅުޖެހޭ ސައްތައިންސައްތަ ފީސިބަލް މަޝްރޫޢެއްކަމަށާއި، އެމްއޭސީއެލްއަށް ހިންގުމަށް ފަސޭހަވާނެ މަޝްރޫޢެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެކަމުގެ ފައިދާ ރަށާއި އަތޮޅަށްވެސް ކުރާނެ މަޝްރޫޢެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. “އެއަރޕޯޓަށް ބޭނުންވާ ހުރިހާ ކަމެއް. ރަންވޭއާ ޓަރމިނަލް އަދި ހުރިހާ ޢިމާރާތެއް ފުލް ޓަރމިނަލް 30 މަސް ދުވަހުގެތެރޭ ނިންމާ އިރާދަކުރެއްވިޔާ ހުޅުވާނަން”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި މަތިވެރީ ސްކޫލްގައި ފަށައި ހުއްޓިފައިވާ މަޝްރޫޢުގެ އެއްބަސްވުން ބާޠިލްކޮށް އަލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ދިރާސީ އައު އަހަރަށް އެ އިމާރާތުގެ މަސައްކަތް ނިންމާ ބޭނުންކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
އަދި ސިއްޙީ މަރުކަޒުގެވެސް ހުއްޓިފައިވާ މަސައްކަތަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ މަސައްކަތްކުރާ ކުންފުންޏަށް ފައިސާ ދީފައިވީނަމަވެސް ނުކުރެވިދާކަމަށާއި، އެހެންކަމުން އެކުންފުނީގެ އަތުން އެ މަސައްކަތް އަތުލައި އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ނިންމަވާފައިވާކަމަށެވެ. އެ މަސައްކަތް ނިންމައި، ސިއްޙީ މަރުކަޒުގެ އިތުރަށް އޮތް ޖާގަ ބޭނުންކޮށް ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “ޖުމްލަކޮށް ރަށަށް އަންނަ ހުރިހާ އެންމެންނަށް ޚިދުމަތްދެވޭ ފެންވަަރަށް އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައި. އެންމެ ފުރަތަމަ ކަމަކީ ނުނިމިއޮތް މަސައްކަތް ނިންމުން. ދެވަނަ ކަމަކަށް ރަނގަޅު ފެންވަރުގެ ސިއްޙީ މަރުކަމުގެ މަސައްކަތް ނިންމުން”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒަށް މުވައްޒަފުންގެ ދަތިކަން އޮތުމުން އެކަން ހައްލުކުރުމަށް އިންސާނީ ވަސީލަތް ހަމަކޮށްދެއްވާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި މަތިވެރީގައި މިސްކިތެއް އެޅުމަށްވެސް ވަޢުދުވެފައިވާކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެއީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އަދި ކްލާސްރޫމާއި ލައިބްރަރީ ހިމެނޭ ޒަމާނީ މިސްކިތެއްކަމަށާއި، އެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ހޭންޑް ބޯލް ކޯޓު އެޅުން ދާދިއަވަހަށް ހަވާލުކޮށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަަސައްކަތް ފަށްޓަވާނެކަމަށެވެ.
މަގު ހެދުމަކީވެސް ރިޔާސީ ވަޢުދެއްކަމަށާއި، ފަތުރުވެރިކަން ކުރިއަރާފައިވާ ރަށަކަށް މަތިވެރި ވާއިރު، ރައްޔިތުން ނިންމާ ކޮންސެޕްޓަކަށް އަންނަ އަހަރު މަގު ހެދުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މަތިވެރީގެ ރަށްގިރުގެ މައްސަލަވެސް ހައްލުކޮށްދިނުމާއި، އެނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. މަތިވެރީގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށް ރައްޔިތުންގެ އުންމީދު ހާސިލްކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި ކޮންމެ އަތޮޅަކުން އެއް ރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. ވަރަށް ގިނަ ރަށްރަށުން ޕިކްނިކް ދާނެ ސަރަހައްދެއް ނުވަތަ ރަށެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. “ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުޞަތު ނެތް އާއިލާއާއެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއްވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް 1 ރަށް ސަރުކާރުން ތަރައްޤީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ. އެ މަސައްކަތް ނިންމާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެއީވެސް ރައްޔިތުން ބާރުވެރިކޮށް، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު މަސައްކަތްކުރައްވަމުން މިހާރު ގެންދަވަނީ، ވަޢުދު ލިސްޓު ނަގައިގެން އެވަޢުދު ފުއްދުމަށްކަމަށާއި، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް މި ދައުރުގައި ފުރިހަމަކުރައްވާނެކަމަށް ވިދާޅުވިއެވެ. “ކޮންމެ ވަޢުދެއްވީ ވަރަށް ސީރިއަސްކަމާއެކު. މިސަރުކާރުން މަސައްކަތްކުރާނީ ސީރިއަސްކަމާއެކު ވަރަށް ހެޔޮ ނިޔތުގައި”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނެރެދިނުން ނޫން އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށާއި، ބާރު ދުވެލީގައި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދަވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
