
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައިކަމަށެވެ. އއ. ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށާއި، އޭގެތެރޭގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދާއި، ޕިކްނިކްދާނެ ސަރަހައްދު ތަރައްޤީކުރުން ހިމެނެއެވެ. އެމަސައްކަތްތައް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.
ރައީސްގެ ވާހަކަފުޅުގައި ފެރިދޫގައި ބޭއްވި އެކި ބައްދަލުވުންތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެނގިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގާތަށް އެމަނިކުފާނު ވަޑައިގަންނަވަނީވެސް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށެވެ. ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ފެރިދޫގައި ހުރި އަތޮޅު މަދަރުސާއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ފެންވަރު ދަށްވެގެން ގޮސްފައިވާ ތަނެއްކަމަށްވެސް ވިދާޅުވިއެވެ. މިއާއެކީ ސްކޫލަށް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމަކީ ސްކޫލަށް ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބާއި، ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމާއި، ސެން ކްލާހާއި ލައިބްރަރީ އާއި އެނޫންވެސް ވަސީލަތްތަކާއި ހުރިހާކަމެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.
“މިސްކޫލް އިމާރާތްކުރެވޭނީ ޖާގައާއި ވަސީލަތްތައް ޤާއިމްކުރޭނެގޮތަށްކަމުގެ ޔަޤީންކަން އަޅުގަނޑު ތިބޭފުޅުންނަށް ދެން. ޑީޓެއިލް ޑިޒައިނާއި އެހެނިހެން ކަންކަން ފުރިހަމަކޮށް ގިނަވެގެން 3 މަސްތެރޭ މަސައްކަތް ފަށާނަން. ޓާގެޓަކީ އެއަށްވުރެ އަވަހަށް އަމަލީ މަސައްކަތް ފަށައި، ވަރަށް ބާރު ސްޕީޑުގަިއ ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުދެން”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނޫނަސް ސްކޫލުގައި ޕްރިންސިޕަލެއް ޤާއިމްވެ ނެތުމާއި މުދައްރިސުންގެ ދަތިކަމުގެ މައްސަލަ އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަރަށް ސީރިއަސް މައްސަލައަކަށްބަލައި ތަޢުލީމީ ނިޒާމަށް ފެރިދޫގައި ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިއްޙީ މަރުކަޒުގައި ފެންވަރު ރަނގަޅު ލެބޯރެޓަރީއެއް ޤާއިމްކޮށް، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްވެސް ރަށަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ޤާއިމްވެ ތިބޭގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ނަރުހުން ހޯދުމާއެކު، ސިއްޙީ ޚިދުމަތުގެ ފެންވަރުވެސް މަތިކޮށްދެއްވާނެކަމަށް ރައީސް ވިދާޅިވިއެވެ. ފެރިދޫގެ ދޯނި އެހެލާ ސަރަހައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާއި، ޕިކްނިކް އައިލެންޑަކީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރާނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް އަދި ރައްގިރުންވެސް ދިމާނުވާނެގޮތަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި އެރަށުގައި ޕިކްނިކް އައިލެންޑް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އެކަމުގެ ލިޔުންތައް ވަަރަށް އަވަހަށް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަގު ހެދުމުގެ މަޝްރޫޢަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން އެދޭގޮތަށް އެ މަސައްކަތްވެސް ފެށޭ ހިސާބުގައި އޮތްކަން ފާހަގަކުރައްވާފައެވެ. އެކަމަށް ބަޖެޓުވެސް ހަމަޖެހިފައިވާކަމަށާއި، ދެތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “އަމަލީގޮތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް މިއަހަރު ފެށޭނެވާހަކަ ދަންނަވަން”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރު ނެރުގައި ހުރި މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، އައުޓްޑޯ ޖިމްގެ އިތުރުން 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމީ ލައިބްރަރީއާއި އެނޫންވެސް ބައެއް ޚިދުމަތް ޤާއިމްކުރުމާއެކު ކުރިއަށްދާނެ މަޝްރޫޢެކެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށާއި، ފުލުހުންގެ މަރުކަޒު ޤާއިމްކުރެވެންދެން ފުލުހުންގެ ޚިދުމަތްވެސް ފެރިދޫގައި ދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
“މައުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ދައުރު ފުރިހަމަ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، ވަޒީރު...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
