
(ފޮޓޯ ކްރެޑިޓްސް: އާރްޑީސީ)
އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ޙަވާލުކޮށްފިއެވެ. އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސާއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މާޅޮހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

(ފޮޓޯ ކްރެޑިޓްސް: އާރްޑީސީ)
53.8 މިލިޔަން ރުފިޔާގެ މި މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަސްތެރޭ ނިންމާގޮތަށެވެ. މާޅޮހު މަގުތައް ތަރައްޤީކުރުމަށް ހަވާލުކުރެއްވި އާރުޑީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އާރުޑީސީއަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އާރުޑީސީން މިހާތަނަށް އައިއިރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައެވެ. އަދި މިހާރުވެސް ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
“މައުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ދައުރު ފުރިހަމަ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، ވަޒީރު...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
