
މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ރަންފަރުފަރު ފަޅުން މާޅޮހު ރައްޔިތުންނަށް އިޤްތިޞާދީ ބޭނުންހިފުމަށް ސަރުކާރުން ފުރިހަމަ އެއްބާރުުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މާޅޮހުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ފުރިހަމަކުރުންކަމަށް އިސްކަންދެއްވާކަމަށާއި، އޭގެތެރޭގައި ހުއްޓިފައިވާ އަދި އަލަށް ފަށާ މަޝްރޫޢުތައް ހިމެނޭކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި މާޅޮހަށް އެންމެ މުހިންމީ ސްކޫލަށް ޖާގަ އިތުރުކުރުންކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރުމަށް އާރުޑީސީން ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމާއި، ސައިންސް ލެބެއް ގާއިމްކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މަޝްރޫޢުގައި 4 ކްލާސް ރޫމް ތަރައްޤީކުރުމަށް ހަވާލުކުރިނަމަވެސް އިތުރު ކްލާސްރޫމް ތަރައްޤީކުރުމަށް ހިމެނޭނެކަމަށާއި، އެ މަސައްކަތް މިމަހު ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “ސްކޫލުގައި ކުރަންހުރި ކަންކަން ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާޅޮހުގައި ސިއްޙީ ޚިދުމަތް މިހާރުދެނީ ވަރަށް ބައު ޢިމާރާތެއްގައި ކަމަށާއި، އައު ޢިމާރާތެއްގެ މަސައްކަތް މިއަހަރު ބަޔަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި އެ މަޝްރޫޢުގައި ލެބޯޓްރީއާއި އިތުރު ވަސީލަތް ހިމެނޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑަށް އެނގޭ މިހާރު އިދާރީ މަސައްކަތަށް އިމާރާތެއް ހުއްޓަސް މެޑިކަލް ބޭނުންތަކަށް ބޭނުންވާ އިމާރާތެއް ބޭނުންވޭ. އެ މަސައްކަތް ކުރިއަށް ގެންދާނަން” ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތުގެ ދަށުން މާޅޮހު ދަނޑުގައި ޓާފް އެޅުމާއި ލައިޓު ހަރުކުރުން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށޭނެކަމަށާއި، ހޭންޑު ބޯލް ކޯޓާއެކު އިތުރު ކުޅިވަރުގެ ވަސީލަތްތައްވެސް މާޅޮހުގައި ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަށުގެ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރި މަޝްރޫޢޫގެ ދަށުން އެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ބާރު ދުވެލީގައި ކުރިއަށްދާނެކަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ކަންކަން ރައްޔިތުން އެދޭ ކޮންސެޕްޓަށް ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ފަތުރުވެރިންނަށް ޚާއްސަ ބީޗާއި، ރައްޔިތުން ބޭނުންކުރުމަށްވެސް ބީޗެއް ތަރައްޤީކޮށްދޭނެކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއެކު އެމަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މަޝްރޫޢޫތަކަށްވެސް އިސްކަންދެއްވާ ފަދައިން، ރަށަށް އިތުރުކޮށްދިން ރަންފަރު ފަޅުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެކަން ފާހަގަކުރައްވައި ރަށުގެ އިޤްތިޞާދީ ކަންކަމަށް ފުޅާ ދާއިރާގައި އެތަން ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވީ މިމަހުގެ 6ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވީ ރަންފަރުފަޅުން މާޅޮހު ރައްޔިތުން އިޤްތިޞާދީ ބޭނުންކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. ސަރުކާރުން ވަރަށް ގާތުން ރައްޔިތުންނާ އެކު މަސައްކަތްކޮށް، މާޅޮހަށް ބޭނުންވާ ފުރިހަމަ ތަރައްޤީ ގެނެސްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
