
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާސާ ކުރުމުގެ ސަޤާފަތެއް އާލާވެގެންދިއުމަކީ ދުނިޔެއަށް ހާލަތު ބަޔާންކޮށްދޭން ހުޅުވޭ އިތުރު ދޮރެއްކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ކުރިއަށްގެންދާ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙް ކުރުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2025 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅު ބިނާކުރެއްވީ ޤައުމެއް ބިނާކުރުމުގައި ދިރާސާގެ ކުރުމުގެ މުހިންމުގެ ކަމުގެ މައްޗަށެވެ. ވަޒީރުގެ ވާހަކަފުޅުގައި މިފަދަ މަހާސިންތާއެއް ޤައުމީ ޔުނިވާސިޓީން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ދިރާސާ ކުރުމުގެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ މިފަހަރު ކޮންފަރެންސްގައި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކެއް ބައިވެރިވާކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ނަޒަރިއްޔާތުން ކަންކަމަށް ހައްލުހޯދުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔެއަށް ރާއްޖޭގެ އަޑު އިއްވުމުގައި ދިރާސާތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. “ރާއްޖެ ފަދަ ދިރާސާތައް މަދު ޤައުމެއްގައި ދިރާސާ ކުރާ ސަޤާފަތެއް އާލާކުރުން މުހިންމު. އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތައް ބުނެދެވި އަޅުގަނޑުމެންގެ މައްސަލަތައް ދުނިޔެއަށް އަޑުއިއްވައި ދިނުމަށް މަގުފަހިވޭ” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ދިރާސާއަކީ މުޖްތަމަޢެއްގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވާ، އޭގެ ސަބަބުން މުޖްތަމަޢުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭކަމަށް ވިދާޅުވެފައެވެ. މިގޮތުން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މަސައްކަތުގެ އިތުރުން އާންމު ސިއްޙަތުގެ ރަށްކާތެރިކަން ދިރާސާތަކުގެ އަލީގައި ކަށަވަރުވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އަދުގެ ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާތަކަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ނޭޝަނަލް ރިސާޗް ކައުންސިލުން ދިރާސާތައްކޮށް ސިޔާސަތު ކަނޑައެޅުމަށް އިސްކަން ދެއްވާކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ކަންކަން ނިންމުމުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅޭކަމަށް ވިދާޅުވިއެވެ. ސަރުކާރުން ދިރާސާ ކުރުމަށް ހިތްވަރުދީ ބާރުއަޅުއްވާކަން ފާހަގަކޮށް ޚާރިޖީ ވަޒީރު ވިދާޅުވީ ސަރުކާރުން އިސްކަންދޭ ދައިރާތަކުގައި ދިރާސާ ކުރާ ފަރާތްތަކަށް، މިހާރުވެސް ދިރާސާ ކުރުމަށް ދެމުންދާ ގްރާންޓް އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުން ދިރާސާތައްކޮށް ކުރިއެރުވުމަށް އިސްކަންދޭ ދައިރާތައް ވަނީ ހިއްސާކޮށްދެއްވާފައެވެ. އެދައިރާތަކަކީ މޫސުމީ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، އިޖްތިމާޢީ ތަރައްޤީގެ ދައިރާ، ޑިޖިޓަލް އީޖާދުތައް، އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއެވެ.
ސަރުކާރުން މިހާރު ސިޔާސަތު ކަނޑައަޅައި ކަންކަން ތަންފީޒު ކުރުމުގައި ޢިލްމުގެ މައްޗަށް ބުރަވުމުން ދެމެހެއްޓެނި ހައްލުތަކެއް ކަންކަމުގައި ގެނެވޭކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
