
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހަކީ ރަށްރަށުގެ ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަމަށް އއ. ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢިލް ވިދާޅުވެއްޖެއެވެ. ހިމަންދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ އެރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ކައުންސިލްތަކުންކުރާ މާލީ ޚަރަދުތައް ހަރުދަނާކޮށް، މާލީ މުޢާމަލާތްތައް މޮނިޓަރކުރުމަށް ލާމަރުކަޒީ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެވޭކަމަށްބުނެ ބައެއް ކައުންސިލްތަކުން ވަނީ އިސްލާހާ ދެކޮޅަށް ވާހަކަދައްކާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އައު އިސްލާހާއެކު މާލީ މުޢާމަލާތްތައް ހަރުދަނާކުރެވޭކަމަށާއި ކައުންސިލްތަކަށް ދީފައިވާ އެއްވެސް ބާރެއް ނިގުޅައިނުގަނެވޭނެކަމަށް ވިދާޅުވެފައެވެ.
މި އިސްލާހަށް އަލިއަޅުވާލަމުން އއ. ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢިލް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުން ހިމަންދޫ ކައުންސިލުންވެސް އެކަމާ ދެކޮޅަށް ބަޔާނެއް ނެރުނު ކަމަށެވެ. އަދި އެ ބަޔާން އޭރު ނެރުނީ ކައުންސިލުން މިހާރު ކުރަމުންދާ ކަންކަން ނުކުރެވޭނެކަމުގެ ބިރު އޮތުމުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް، ޙަޤީޤަތުގައި ކައުންސިލްތަކަށް ދީފައިވާ ބާރެއް އައު އިސްލާހުން ނިގުޅައިނުގަނެވޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިގޮތަށް އިސްލާހު ގެންނަން ޖެހުނީ ބައެއް ކައުންސިލްތަކުން ސަރުކާރުން ދޭ ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީކަމަށް ހިމަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
“ދައުލަތުން ދޫކުރާ ހިލޭ ފައިސާއިން ހިމަންދޫ ކައުންސިލުންވެސް ކޮންމެ އަހަރަކު ތަޖުރިބާ ދަތުރެއްކުރަން. ސްޓާފުންނަށް މޯޓިވޭޝަން ދަތުރެއްގެ ގޮތުގައި ރާއްޖެ ތެރޭގެ ކޮންމެސް ރަށަކަށް ދަން. އެހެންނަމަވެސް އެބަތިބި އަހަރަކު 4، 5 ފަހަރަށް ތަޖުރިބާ ދަތުރުތައް ކުރާ ކައުންސިލްތައް. ބައެއް ކައުންސިލްތަކުން އެބަދޭ ރާއްޖެއިން ބޭރަށްވެސް. އެހެންވީމަ، ގޯސްކޮށް ކަންތައްތައް ކުރަމުންދިޔަ ކައުންސިލްތަކުގެ ސަބަބުން ރަނގަޅަށް ހިނގައި ކައުންސިލްތަކަށް މިވީ ދަތިކަމަކަށް.” ހުޝާމް ވިދާޅުވިއެވެ. ހުޝާމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުތަކަކީ ރަނގަޅު އިސްލާހުތަކެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން އައު އިސްލާހާއެކު ކައުންސިލްތަކުގެ ދައުރުގެ ތެރެއިން 1 އަހަރު ގެއްލިއްޖެކަމަށް ބަޔަކު ބުންޏަސް، އެކަން ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ބެލެނިވެރި އިދާރާއިން ހުއްދަ ނަގައިގެން ކަންކަންކުރުމަކީ އެއީ ބުރައެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހުޝާމް ވިދާޅުވީ އައު އިސްލާހުން ބޭކާރު ޚަރަދުތައް ކުރަމުންދިޔަ ކައުންސިލްތައް ރަނގަޅަށް މަސައްކަތްކުރުމަށް ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ. ދައުރުގައި ބާކީ އޮތް މުއްދަތުގައިވެސް ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން، ރައްޔިތުންގެ މަންފާއަށް މަސައްކަތްކުރައްވާނެކަމަށާއި މި ގެނެވުނު ބަދަލަކުގެ ސަބަބުން ތަރައްޤީއަށް އެއްވެސް ހުރަހެއް ނެތްކަމަށް ހިމަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ހިމަންދޫ ކައުންސިލްގައި 3 ވަނަ ދުއުރު ފުރިހަމަކުރައްވަމުން ގެންދަވާ ހުޝާމް ވިދާޅުވީ މިއިން ދުވަހަކު ލާމަރުކަޒީ ނިޒާމަށް ގެއްލުންނުވާހާ މިންވަރަށް މިހާރު ގެއްލުން ލިބިފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. “އަޅުގަނޑު ދެކެފީމު ޤައުމީ އިދާރާތަކުގެ ނަމުގައި ޤާއިމުކޮށްފައި ހުރި އިދާރާތަކަކަށް ކައުންސިލްތަކުން ސަލާން ޖަހަމުންދިޔަ ދައުރެއް. އަޅުގަނޑުމެން ބޭނުންވާ ކަންކަން މިނިސްޓްރީތަކަށް ހުށައެޅުން ވަނީ ބަންދުކޮށްފައި. އަޅުގަނޑުމެން ބޭނުންވާ ކަންކަން ހުށައަޅަންޖެހެނީ ޤައުމީ އިދާރާއަށް. އިދާރަތަކުން ކަންކަން މިނިސްޓްރީތަކަށް ފޮނުވާކަމެއް ވެސް ނޭނގޭ.” ހުޝާމް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ދަތިވާނެ ގޮތަށް ކަންކަން ނުކުރައްވާނެ ކަމަށާއި ރަށްރަށަށް ދަތުރުތައް ކުރައްވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ގާތުން އަހާ ހައްލު ހޯދައިދިނުމުގެ މަޤުޞަދުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ ކުރިން މާލެ އައިސް، އެކި ވުޒާރާތަކާއި އިދާރާތަކާ ބައްދަލުކުރުމަކީ ރަށްރަށުގެ މުއައްސަސާތައް އުފުލަންޖެހޭ ބުރައެއް ކަމަށެވެ. އަދި ބައްދަލުކުރަން ބޭނުންވިނަމަވެސް ޙާސިލުކުރަން ބޭނުންވާ ނަތީޖާ ހޯދުމުގައި ދަތިތައް ދިމާވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރަށްރަށަށް އައިސް، މައްސަލަތައް ގާތުން އަޑު އެހުމުން، އަވަހަށް ކަންކަން ހައްލުކޮށްދިނުމަށް ފަސޭހަވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
