
އއ. ހިމަންދޫ އައު މިސްކިތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ. ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ހިމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތުގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން މަސައްކަތް ނިންމާލުންކަމަށް ރައީސް ވިދާޅުވިއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހިމަންދޫގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތަށް ސަރުކާރުން 5.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއަހަރު ފަހުކޮޅުގައި ހިމަންދޫ މިސްކިތުގެ މަސައްކަތް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އ.އ ހިމަންދޫގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް، މިމިސްކިތުގެ 75% ވަނީ ނިމިފަ.މިހާތަނަށް ސަރުކާރުން 5.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފި. މި މިސްކިތުގެ މަސައްކަތްކުރަނީ ޕްރައިވެޓް ކުންފި އެލައިޓް އިން. މިއަހަރު ފަހުކޮޅުގައި މިސްކިތް ނިމޭތޯ މިދަނީ މަސައްކަތްކުރަމުން pic.twitter.com/fwfygQ351S
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 19, 2025
ހިމަންދޫގައި ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތް އަޅަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. މި މިސްކިތުގެ މަސައްކަތްކުރަމުންދަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކުންނެވެ.
މި މިސްކިތް ބިނާކުރުމަށް ދައުލަތުން 10,312,301.43 ރުފިޔާ ޚަރަދުކުރެއެވެ. މިސްކިތުގައި ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭނެ ޖާގަވެސް ހުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
