
ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ނިންމައި ދިރާސީ އައު އަހަރު ބޭނުންކުރަން ފެށޭވަރަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ހިމަންދޫ ރައްޔިތުންގެ އުންމީދުތައްވެސް ހަގީގަތަކަށް ހަދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ އެކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. ހިމަންދޫގެ ތަރައްޤީގައި މުހިންމު މަޝްރޫޢުތައް ހިމެނޭކަމަށާއި، އެގޮތުން ސްކޫލުގައި ނުނިމިހުރި ކަންކަންކަމަކީ ރަށަށް އެންމެ ދަތިވެފައިވާ މައްސަލައަކަށްވާތީ، އެ މަޝްރޫޢު ނިންމުމަށް ވަރަށް އިސްކަންދެއްވާކަމަށެވެ. އެ މަޝްރޫޢު ނިންމުމަށް ކޮންޓެކްޓަރަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަމާޒަކީ 75 ދުވަސް ތެރޭ ނޫނީ ގިނަވެގެން 3 މަސްތެރޭ މަޝްރޫޢު ނިންމުން. މި ހިނގާ އަހަރު ތެރޭ ފަށައި އައު އެކަޑަމިކް އަހަރު ކިޔަވައިދިނުން ފެށުން” ރައީސް ވިދާޅުވިއެވެ. އެކަމުގައި ބެލެނިވެންނާ މުދައްރިސުންނާ ދަރިވަރުން އެންމެ ބޭނުންވާ ކަމަކީ އެއީކަމަށްވެސް ރައީސް ވިދާޅުވިއެވެ. އއ. ހިމަންދޫ ސްކޫލްގައި 12 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތް ފެށީ 2021ވަނަ އަހަރުއެވެ. މަޝްރޫޢު ފެށިނަމަވެސް ނިމިދިޔަ ސަރުކާރުގެ ތެރޭގައި ވަނީ މަޝްރޫޢު ހުއްޓިފައެވެ. ވުމާއެކު މިއީ ރައްޔިތުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ރައީސްގެ ވާހަކަފުޅުގައި ހިމަންދޫގައި ހުޅުވި ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު ސިއްޙީގޮތުން ކުރިއެރުން އަންނާނެކަމަށާއި، އެއާއެކުވެސް އައު ޚިދުމަތްތައް ފެށުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. ކޮންމެ ރަށަކަށްވެސް އެރަށެއްގެ ފެންވަރުގައި ލެބޯޓްރީއާއެކު ސިއްޙީ ޚިދުމަތް ދިނުމަށް ނިންމާފައިވާތީ، ހިމަންދޫގެ ސިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ފެންވަރު މަތިކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާރު ސިއްޙީ ބައެއް ޚިދުމަތް ހޯދުމަށް އެހެން ރަށްރަށް ދަތުރުކުރަންޖެހޭތީ އަންނަ އަހަރު ހިމަންދޫ ސިއްޙީ މަރުކަޒުގައި ރަނގަޅުފެންވަރުގެ ލެބޯޓްރީއެއް ޤާއިމްކޮށް އިންސާނީ ވަސީލަތްވެސް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ހިމަންދޫގައި މިހާރުވެސް މިސްކިތެއް އެޅުމުގެ މަސައްކަތެއް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހަށް އެ މަސައްކަތް ނިންމާ ބޭނުންކުރެވޭވަރު ކޮށްދޭނެކަމަށެވެ. ހިމަންދޫގެ ރަށްގިރުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަމަށާއި، ރަށްރަށުގެ ރަށްގިރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ހިލަ މިހާރު ގެނެސްފައިވާކަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރު ނެރުގައި މައްސަލަތެއްވެސް ހުރިކަންވެސް ފާހަގަކުރައްވާ ރއީސް ވިދާޅުވީ ރަށްގިރުމާއި ނެރުގެ މައްސަލަ އެކުއެކީ ނިންމައިދޭނެކަމަށެވެ. ކުޅިވަރުގެ ވަސީލަތް ޤާއިމްކުރުމަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ހިމަންދޫގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އިންޑޯޖިމްގެ އިތުރުން އެރަށުގެ މިހާރުގެ ދަނޑަށް ބޭނުންވާ އިތުރު ވަސީލަތް ޤާއިމްކުރުންވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހޭންޑްބޯލް ކޯޓެއް ތަރައްްޤީކުރުމަށް މިހަފްތާގައި ހަވާލުކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންނަ މަހު މަޖިލީހަށް ހުށައަޅާ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑު ބޯލް ކޯޓު އެޅުމަށް ދެ އަހަރު ދުވަހުގެ މަޝްރޫއެއް ހިމަނާނެކަމަށެވެ. އެއީ ކާމިޔާބު މަޝްރޫޢަކަށްވާނެކަމަށާއި، އެކުޅިވަރު ކުރިއެރުވުމަށް އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއަރާ ރަށްރަށުގައި ތާރު އެޅުމުގެ ބަދަލުގައި ވެލި މަގުގައި ފެންހިނދޭނެ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާކަމަށެވެ. ވުމާއެކު ހިމަންދޫ ރައްޔިތުން އެދޭގޮތަށް މަގު ހެދުން ކުރިއަށް ގެންދާނެކަމށާއި، އެއާއެކު ރައްޔިތުން ނިންމާ ކޮންސެޕްޓަށް މިއަހަރު ތެރޭ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހިމަންދޫއަށް ބިން އިތުރުކުރުމަށް އިސްކަންދެއްވާކަަމށާއި، އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
