
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީއްޔަތުކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އިންސާނީއްޔާތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިއްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ދިވެހިރާއްޖެއިން ތިބި ކަމަށެވެ. އެމަނިކުފާނު ވަނީ މި ދުވަސް ފާހަގަކުރާއިރު ޢައްޒާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ފަރާތްތަކުން އިންސާނިއްޔަތުކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ވަމުންދާ ޤުރުބާނީ އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަޤާއިމް ކުރުމަށާއި އިންސާފަށް ލިބޭ ބާރެއް ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް އިންސާނީ އެހީ ނާޒުކު އާބާދީތަކަށް ލިބޭކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހު ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާއިރު، ޢައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ދައުލަތުން ހުރަސް އަޅަމުންދާތީ އެކަން ދިވެހިރާޢްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޢައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ވެއްދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރުއެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.
ދުނިޔޭ އިންސާނިއްޔަތުކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިއަހަރުގެ ދުވަހުގެ ޝިއާރަކީ އެކްޓް ފޯ ހިއުމަނިޓީ ނުވަތަ އިންސާނީއްޔަތުކަމަށްޓަކައި ފިޔަވަޅު އެޅުމެވެ. މި ޝިއާރު ބިނާވަނީ އިންސާނީ އެހީދިނުމަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި، ނިޒާމަށް މިހާރު ބޮޑުވެފައިވާ ބުރަޔަށް އަދި ދެވޭ ޙަމަލާތަކައި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. އދ.ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ 380 އީންސާނީ އެހީ ފޯރުކޮށްދޭ މީހުން މަރާލާފައިވެއެވެ. މީގެ އިތުރަށް އެތައް ސަތޭކަ ބަޔަކު ރަހީނުކޮށް ހައްޔަރުކޮށް ނުވަތަ އަނިޔާ ދީފައިވާކަން އ.ދއިން ފާހަގަކުރެއެވެ.
މިދުވަސް ފާހަގަކުރަން ފަށާފައިވަނީ، 2008 ވަނަ އަހަރު އދ، އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. މި ދުވަސް ފާހަގަ ކުރަނީ 2003 ވަނަ އަހަރު ބަޤްދާދު ކާނަލް ހޮޓަލަށް ދިން ހަމަލާގައި އިންސާނީ އެހީދޭ 22 މީހަކު މަރާލި ދުވަހާއި ދިމާކޮށެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
