
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތުޅާދޫގައި 100 ފްލެޓު އިމާރާތްކުރުމުގެ މަޝްރޫޢެއް މިއަހަރު ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވައި އެ ހުރިހާ ވަޢުދެއް، ފުއްދުމަކީ އެންމެ އިސް ޒިންމާކަމަށް ވިދާޅުވެފައެވެ. އަދި އެއީ މުޅި ސަރުކާރުން ސަމާލުކަން ދީގެން ކުރާކަމެއްކަމަށާއި، އެކި މަޝްރޫޢުތައް ކުރިއަށްދަނީ އެކި ދުވަސްވަރު ފަހިކުރެވޭ މަސައްކަތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި ތުޅާދޫގެ މަގުހެދުން މިހާރު އާރުޑީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށި ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެކަމަށެވެ. ރައީސްގެ އެއް ވަޢުދަކީ ގެދޮރު ބިނާކުރުންކަމަށާއި، މިދިޔަ ސަރުކާރުގައި ފެށި މަޝްރޫޢުގައި މައްސަލަތަކެއް ހުރެ ކޯޓުން ހުުކުމެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު އެއަށް ކުރެވޭނެ ކަމެއް ސަރުކާރުގައިވެސް ކައުންސިލުގައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 100 ފްލެޓުގެ އައު މަޝްރޫޢެއް ތުޅާދޫގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެ މަޝްރޫޢު ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަޝްރޫޢުގެ ޕޮއިންޓު ދިނުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް ކައުންސިލުން ކަނޑައަޅާގޮތަށް ވުޒާރާއިން ފާސްކޮށްގެންކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ބައެއް ފަރާތްތަކުން ހިއްކާފައިވާ 119 ގޯތި އެބައޮތްކަމަށާއި، އެ ގޯތިތައް އަމިއްލަ ކުރުމަށް ހުށައަޅާފައިވާތީ އެކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް ވަނީ ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އަދި ކުޅިވަރުގެ ދާއިރާއިންވެސް ވެފައިވާ ވަޢުދުތައް ފުއްދާވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭގެތެރެއިން ގިނަ މަސައްކަތްތައް މިއަހަރު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރެއް ވަރަށް އަވަހަށް ތުޅާދޫގައި ޤާއިމްވެތިބެ ޚިދުމަތް ދިނުން ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
“ޖުމްލަކޮށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަންނަ އަހަރު ބަޖެޓުގައި މުވައްޒަފުން ހޯދުމާއި ވަސީލަތް ހޯދުންވެސް އެބައޮތް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ޕިކްނިކްދާ ރަށަކަށް އެނބޫދޫ ހަމަޖައްސަން ރައްޔިތުން އެދޭކަން ފާހަގަކުރައްވާ ރައީސް ވަނީ އެރަށް އޮތީ ޓޫރިޒަމަށް 21 އަހަރަށް ދީފައިކަމަށެވެ. ވުމާއެކު ދައުލަތަށް ގެއްލުން ނުވާގޮތަށް އެ ރަށް ޕިކްނިކް ރަށަކަށް ކަނޑައަަޅައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށް ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
