
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްޓަކައި 44.70 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުންވަނީ 2023 ވަނަ އަހަރު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވެގެންދިޔުމުން އެއެއްބަސްވުން ބާތިލުކުރުމަށްފަހު އަލުން މިމަޝްރޫޢުގެ މަސައްކަތް މިހާރުވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.
ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައިވަނީ ތުޅާދޫ އެއަރޕޯޓު މަޝްރޫޢުގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ވަގުތުކޮޅެއް ނެގިނަމަވެސް އެމަސައްކަތް ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން އޭރުގެ ކައުންސިލާއެކު މަސައްކަތް ނިންމެވީ އޭރު ރަށުގެ ރައްޔިތުންނާއި މަޝްވަރާކުރުމެއް ނެތި ކަމަށާއި މަޝްރޫޢާއި ގުޅިގެން އޮޅުންއަރާފައި ހުރި ކަންކަން ކައުންސިލް ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވުނުކަމަށެވެ. އަދި ތުޅާދޫ އެއަރޕޯޓުގެ މަޝްރޫޢަށް ސަރުކާރުން ގެންނަވާ ބަދަލުތައް ރައީސްވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބަދަލާއެކު ފަޅު ތެރެއިން ވެލި ނެގުމުގެ ބަދަލުގައި ފަޅުގެ ބޭރުން ވެލިނެގުމަށް ހަމަޖެހި މުޅި މަޝްރޫޢުގެ މަސައްކަތް އަވަސްކުރެވޭނެކަމަށެވެ.
“އޭރު ފާސްކޮށްފައި އޮތް އީއައިއޭއަށް މަސައްކަތް މިފެށީ، ދެން އެހެންނަމަވެސް އަޅުގަނޑު ބަދަލުތަކެއް ގެންނާނެ ވާހަކަ ދަންނަވަން މިވާހަކަ މިދެންނެވީ. އީއައިއޭގައި މިއޮތީ ފަޅު ތެރެއިން ވެލިނަގައިގެން ކަޓަރ ސަކްޝަން ޑްރެޖިންގ ކޮންސެޕްޓްގައި މަސައްކަތް ކުރާގޮތަށް އީއައިއޭ ފާސްކޮށްފައި. ރަށަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ދެކަންތައްވެސް އޮތީ އެގޮތަށް. އަޅުގަނޑުމެން މިއަދު މަސައްކަތް މިފަށަނީ އެއީއައިއޭއަށް ބިނާކޮށްފައި. މިއީ ގާތްގަނޑަކަށް 660 ދުވަސް ހޭދަވާ މަޝްރޫޢެއްގޮތަށް. އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މަޝްރޫޢު ފެށިގެންދާ ދިޔުމުގެ ތެރޭގައި މިފަޅުން ބޭރުން އެހެން ވެލި ނަގައިގެން ހޮޕަރ ޑްރެޖަރ ބޭނުންކޮށްގެންކުރާ ގޮތަށް ބަދަލުކުރުން.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭގައިވަނީ ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މިދަތުރުފުޅުގެ ތެރެއިންވަނީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާދެއްވާފައެވެ. އެމްޓީސީސީގެ ބޮޑު ޖައްރާފާއިން އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ބިން ހިއްކުމަށް ވެލި ނެގުމަށް ހަމަޖެހިފައިވަނީ ތުޅާދޫގެ ފަޅުގެ ބޭރުންނެވެ. މިމަސައްކަތް 660 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.
ތުޅާދޫގައި ތަރައްޤީކުރަނީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއަރޕޯޓެކެވެ. މި މަސައްކަތަށް 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ހިލަ ރިވެޓްމެންޓަކާއި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 2023 ވަނަ އަހަރު މި މަސައްކަތް ހަވާލުކޮށްފައި އޮތީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އޭރު ހަވާލުކުރީ 44.70 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
About Post Author
މާދަމާ ނިއުސް
“ޒުވާން ޚަތީބުންނަކީ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 700 އަށްވުރެ ގިނަ...
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
